ފަލާހު ޤުރުއާން މުބާރާތް: އެއްވަނަ ދަރިވަރަކަށް އިސްކަންދަރުގެ ޝާޔާ، އެއްވަނަ ސްކޫލަކަށް ޢަރަބިއްޔާ

ޖަމްޢިއްޔަތުލް ފަލާޙްގެ ޤުރުއާން މުބާރާތުން އެންވަނަ އިސްކަންދަރު ސްކޫލްގެ އަލް ހާފިޒާ ފާތިމަތު ޝާޔާ ޒާހިރު ހޯދައިފިއެވެ.

ޝާޔާވަނީ މުބާރާތުން އެއްވަނަ ހޯދުމުގެ އިތުރުން 16 އަހަރުން ދަށުގެ ބައިން ވެސް އެއްވަނަ ހޯދާފައެވެ. އަދި 2017 ވަނަ އަހަރު 11 އަހަރުން ދަށުގެ ބައިން ތިންވަނަ، 2018 ވަނަ އަހަރު 11 އަހަރުން ދަށުގެ ބައިން ދެވަނަ ވެސް ޝާޔާ ވަނީ ހޯދާފައެވެ.

މި މުބާރާތުން އެއްވަނަ ސްކޫލަކީ އަލްމަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއެވެ.

މާލެ ހިމެނޭ ސަރަޙައްދުގައި ކިޔަވައިދެމުން ގެންދާ ޕްރައިމަރީ ސްކޫލްތަކާއި ސާނަވީ އަދި މަތީ ސާނަވީ ސްކޫލްތަކަށް ހުޅުވާލައިގެން ބޭއްވި މު މުބާރާތުގައި 23 ސްކޫލަކުން 680 ދަރިވަރުން ބައިވެރިވިއެވެ. ދެ ގޮއްޕަކަށް މުބާރާތް ކުރިއަށް ގެންދިޔައިރު، ހިތުން ކިޔެވުމުގެ ގޮފީގައި 242 ދަރިވަރުން ބަލައިގެން ކިޔެވުމުގެ ގޮފީގައި 438 ދަރިވަރުން ބައިވެރިވިއެވެ.

މިއީ އެ ޖަމިއްޔާއިން މި މުބާރާތް ބާއްވާ 49ވަނަ އަހަރެވެ.

ވަނަވަނައަށް އައި ދަރިވަރުންނަށް ޢިނާމް ދެއްވީ އިސްލާމިކް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އެކަޑަމިކް ޑރ. ސައުދުﷲ އަލީއެވެ.

ޖަމްޢިއްޔަތުލް ފަލާޙްގެ ބާނީއަކީ އަލް މަރުޙުމް އަބޫބަކުރު އިބްރާޙިމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *