ކެންސަރަށް ފަރުވާ ހޯދަމުންދަނިކޮށް ޙަމަދު ސްކޫލްގެ ދަރިވަރު ޢާލިފު ނިޔާވެއްޖެ

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ލ. ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ގުރޭޑް 9 ބީގެ ދަރިވަރު މުހައްމަދު ޢާލިފް އަހުމަދު ނިޔާވެއްޖެއެވެ.

އެނާ ނިޔާޥީ ކެންސަރަށް ފަރުވާ ހޯދަން އިންޑިޔާގައި ބޭސްފަރުވާ ކުރަމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

އާލިފް ދިޔައީ މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން  ގްރޭޑް ލީފޯމާ ބައްޔަށް އިންޑިޔާގައިން ފަރުވާ ހޯދަމުންނެވެ.

ޢާލިފަށް އެހީވާން އެންމެ ފުރަތަމަ އިސްނެގީ އޭނާގެ ކުލާސް ކުދިންނެވެ. އެ ކުދިންގެ އިސްނެގުމާއެކު "ދީލަތި ހިތަކުން..އާލިފް އާއިއެކު.." އަށް އެހީވުމަށް ބޮޑު ޙަރަކާތެއް ހިންގިއެވެ. މި ޙަރަކާތުގައި ޙަމަދު ސްކޫލްގެ އިތުރުން އެހެން ސްކޫލްތަކުން ވެސް ބައިވެރިވިއެވެ.

ޢާލިފަށް އެހީވުމަށް ހިންގި އެ ހަރާކާތް ނިންމާލިއިރު އެހީގެ ގޮތުގައި 192،898.99 ރުފިޔާ އާއި 43 ޔޫއެސް ޑޮލަރު އެ ދަރިވަރުން ވަނީ ހޯދާފައެވެ. މި އެހީ އާލިފުގެ އާއިލާއާ ހަވާލުކޮށްދިނީ ގްރޭޑް 9ބީގެ ދަރިވަރުންނެވެ. އާއިލާގެ ފަރާތުން އެހީއާ ހަވާލުވީ އާލިފު ގެ ކާފަ ޢުމަރު އާދަމެވެ.

މި މަސައްކަތް އެ ދަރިވަރުން ފެށީ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ޙަމަދު ސްކޫލްގައި ބޭއްވި ޚާއްޞަ އެސަމްބްލީއަކުންނެވެ.

މާތްﷲ ޢާލިފުގެ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާ އާއިލާއަށް ކެއްތެރިކަން ދެއްވާށިއެވެ. آمیـــــن

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *