6000 ދަރިވަރުންނާއެކު ސާނަވީ އިމްތިޙާން މާދަމާ ފަށަނީ

ސާނަވީ އިމްތިޙާން މާދަމާ ފަށާނެއެވެ. މާދަމާ ފަށާނީ އެސްއެސްސީ އިމްތިޙާނެއެވެ. ދިވެއްސާއި އިސްލާމް މާއްދާގައި 6،106 ދަރިވަރުން ބައިވެރިވެއެވެ. މާދަމާ އޮންނާނީ އިސްލާމް މާއްދާގެ ކަރުދާސް އެކެކެވެ. ބުދަ ދުވަހު އޮންނާނީ އިސްލާމް މާއްދާގެ ކަރުދާސް ދޭކެވެ. ހޮނިރު ދުވަހު އޮންނާނީ ދިވެހި މާއްދާގެ ކަރުދާސް އެކެކެވެ. އާދީއްތަ ދުވަހު އޮންނާނީ ދިވެހި މާއްދާގެ ދެވަނަ ކަރުދާހެވެ.

ކޭމްބްރިޖްގެ އޯލެވެލް އިމްތިޙާން މި އަހަރު ފަށާނީ މެއި މަހުގެ ދެވަނަ ދުވަހުއެވެ. އެ ދުވަހު އޮންނާނީ ބައިލޮޖީ (ކޯ) އެވެ. އޯލެވެލް އިމްތިޙާން ނިމޭނީ ޖޫން 8ވަނަ ދުވަހުއެވެ.

މި އަހަރު ބާއްވާ ސާނަވީ އިމްތިޙާނުގެ ތެރެއިން އެސްއެސްސީ އިމްތިޙާނުގައި 6،106 ދަރިވަރުން ބައިވެރިވާއިރު އެއީ މިދިޔަ އަހަރަށްވުރެ 444 ދަރިވަރުންގެ އިތުރުވުމެކެވެ.

އޯލެވެލް އިމްތިޙާނުގައި، 6،698 ދަރިވަރުން ބައިވެރިވެއެވެ. އެއީ މިދިޔަ އަހަރަށްވުރެ 759 ދަރިވަރުންގެ އިތުރުވުމެކެވެ. މި ދަރިވަރުންގެ ތެރޭގައި އަމިއްލަ ގޮތުން އިމްތިޙާން ހަދާ ދަރިވަރުން ވެސް ހިމެނެއެވެ.  މި އަހަރު 245 ސެންޓަރެއްގައި އިމްތިޙާނު ހަދާއިރު، އޯލެވެލް އިމްތިޙާނުގައި އައްޑޫ ސިޓީގެ ދެ ސްކޫލަކުން މި އަހަރު އިށީންނާނެއެވެ. އެއީ އެ ސިޓީގެ މަރަދޫ ސްކޫލާއި ނޫރާނީ ސްކޫލެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *