ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަން (އެމްއެންޔޫއެސްޔޫ)އިން އިންތިޒާމްކުރާ ބަހުސް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވާން ހުޅުވާލީ އެ ޔުނިވަރސިޓީގެ ފެކަލްޓީތަކުގައި ގާއިމްކޮށްގައިވާ ސްޓޫޑެންޓް ޔުނިއަންގެ ގޮފިތަކަށާއި ދިވެހިރާއްޖޭގައި މަތީ ސާނަވީއަށް ކިޔަވައިދޭ މަރުކަޒުތަކަށެވެ.
މިއީ މި މުބާރާތް ބާއްވާ ދިހަ ވަނަ އަހަރެވެ. މުބާރާތް ފަށަން ތާވަލުކޮށްފައި ވަނީ މެއި މަހުގެ އަށް ވަނަ ދުވަހުގައެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މެއި މަހުގެ ދެ ވަނަ ދުވަހުގެ 14:00ގެ ކުރިންނެވެ. ބައިވެރިވާން އެދޭ ފޯމާއި ޤަވާއިދު އެ ޔޫނިއަންގެ ވެބްސައިޓުން ލިބެންހުންނާނެ ކަމަށް އެމްއެންޔޫއެސްޔޫއިން ބުނެއެވެ.
advertisment
ހިޔާލު