މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަންގެ ހުއްދައާއެކު އެންމެންނަށް ބައިވެރިވެވޭ ގޮތަށް "މާލޭގެ 40 ވަނަ ސްކައުޓް ގުރޫޕް" އުފައްދައިފިއެވެ.
މޭލޭގެ 40 ވަނަ ސްކައުޓް ގުރޫޕް އުފެއްއްދުމުގެ ހުއްދަ ދިނީ ބައެއް ސްކޫލްތަކުގައި ސްކައުޓް ލީޑަރެއްގެ ގޮތުން މަސައްކަތް ކުރަމުން އަންނަ މުޙައްމަދު ޝައްމޫނަށެވެ. މިއީ އެންމެންނަށް ބައިވެރިވެވޭ ގޮތަށް ސްކައުޓް ގުރޫޕެއް އުފައްދަން ހުއްދަ އެ އެސޯސިއޭޝަނުން ދިން ފުރަތަމަ ފަހަރެވެ.
ޝައްމޫން ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، "މާލޭގެ 40 ވަނަ ސްކައުޓް ގްރޫޕް" އާ ގުޅުމުގެ ފުރުޞަޠު މާލޭގައި އުޅޭ ކަބް ސްކައުޓާއި ސްކައުޓުންނާއި އަދި ރޯވަ ސްކައުޓް ޢުމުރުފުރާގެ ހުރިހާ ކުދިންނަށް އޮންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ކުރިން ހުއްދަ ދިނީ 18 އަހަރުން ދަށުގެކުދިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކަމަށާއި މިފަހަރު ދިން ހުއްދައާއެކު ސްކޫލް ޢުމުރުފުރައިގެ ކުދިންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. އެކަމަކު އެ ގުރޫޕްގެ މެމްބަރަކަށް ވެވޭނީ މާލޭ ހިމޭނޭ ސަރަހައްދުގެ ކުދިންނާއި މީހުންނަށެވެ.
" ކަބް ސްކައުޓާއި ސްކައުޓަށް ހުއްދަ ދީފައިވާ މި ގުރޫޕްގައި ބައިވެރިވެވޭނެ އެކި ސްކޫލްތަކުގައި އުޅޭ ކުދިންނަށްވެސް. ސްކޫލްގައި ނޫޅޭ ކުދިންނަށް ވެސް" ޝައްމޫން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގިނަ ބަޔަކަށް ސްކައުޓްގެ ތެރެއިން ފުރުޞަތު ހޯދައި ދިނުމަށް ފެށުނު މުހިންމު މަސައްކަތެއް ކަމަށެވެ. މި ގުރޫޕްގެ މަސައްކަތް ކުރިއަށް ގެންދަން ރާވާފައި ވަނީ އަލިމަސް އެކަޑަމީއާ ގުޅިގެން ކަމަށާއި، މި ގުރޫޕްގެ މަސައްކަތްތައް އަމަލީ ގޮތުން އެ ގުރޫޕާ ގުޅުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ޝައްމޫން ވިދާޅުވިއެވެ.
advertisment
ހިޔާލު