ކޮނޑޭ ސްކޫލަށް ހަތަރު ކުލާސް ރޫމް އިތުރުކުރަނީ

ގއ. ކޮނޑޭ ސްކޫލަށް ހަތަރު ކުލާސް ރޫމް އިތުރުކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

ހަތަރު ކުލާސްރޫމުގެ މަސައްކަތް 180 ދުވަހުގެ ތެރޭގައި ހަވާލުކުރީ ވޯލްސީ ޕްރައިވެޓް ލިމިޓެޑާއެވެ.

ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތް އެ ކުންފުނިން ކުރަނީ 4.8 މިލިއަން ރުފިޔާއަށެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ހަތަރު ކުލާސްރީމް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ.

ވޯލްސީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަފާފް ސައީދެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *