މާލޭ ސަރަޙައްދުގެ ސަރުކާރު ސްކޫލްތަކުގެ ގުރޭޑް އެކަކަށް ކުދިން ވައްދަން މިމަހު 24ގައި ހުޅުވާލަނީ

މާލޭގެ ސްކޫލްތަކުގެ ގުރޭޑް އެކަކަށް ކުދިން ވެއްދުމުގެ ފުރުޞަތު  މިމަހުގެ 24 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިޢުލާނުގައި ބުނެފައި ވަނީ 2023-2024  ދިރާސީ އަހަރު މާލޭ ސަރަޙައްދުގެ ސަރުކާރުގެ ސްކޫލުތަކުގެ ގްރޭޑް 1 ށް ކުދިން ވެއްދުމަށް ފޯމު ހުށައެޅުން ޚާއްޞަ ކުރެވިފައި ވަނީ، މިމަހު 24 ން ފެށިގެން ކަމަށާއި  އަދި މާލޭ ސަރަޙައްދުގެ ސަރުކާރުގެ ސްކޫލުތަކުގެ އެހެން ގްރޭޑްތަކުގެ ޖާގަ ހޯދުމަށް ފޯމު ހުށައެޅުން ހުޅުވާލާނީ 2023 ޖޫން 22 ން ފެށިގެން ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މާލޭގެ ސްކޫލްތަކަށް ކުދިން ވެއްދުމުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން ކުރަމުން ގެންދާއިރު، ފޯމް ހުށަހެޅޭނީ އޮންލައިން މެދުވެރިކޮށް އެކަމަށް ކަނޑައަޅާފައިވާ ލިންކް މެދުވެރިކޮށެވެ.

މާލޭގެ ސްކޫލްތަކުން ޖާގަ ދިނުމުގައި އަމަލުކުރާނެ އުޞޫލުތަކެއް މީގެ ކުރިން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. ޖާގަ ދިނުމުގައި އިސްކަން ދޭނީ ސްކޫލަށް ވަންނަ ދަރިވަރު އުޅޭ ސަރަހައްދުގައި ހުންނަ ސްކޫލަކުން ފުރުޞަތު ދިނުމަށެވެ.

މި އަހަރު މާލޭގެ ސްކޫލްތަކުން 2000 އެންހާ ކުދިންނަށް ފުރުޞަތު ދީފައިވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ މާލޭގެ ސްކޫލްތަކަށް ކުދިން ވައްދާނީ އެ މިނިސްޓްރީން ކުރިން އާންމުކޮށްފައިވާ އުޞޫލާ އެއްގޮތަށެވެ.

އެ މިނިސްޓްރީން ވަނީ ގުރޭޑްތަކަށް ދަރިވަރުން ވެއްދުމުގައި ބަލާނެ އުމުރާއި ސްކޫލް ބަދަލުކުރުމުގައި އުމުރު ބެލުމުގައި އަމަލުކުރާނެ އުޞޫލު ކަނޑައަޅައި އެކަން ހުރިހާ ސްކޫލްތަކަށް ސާކިއުލާއަކުން މިދިޔަ އަހަރު އަންގާފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ކުރިން އާންމު ކުރި ސާކިއުލާގައި ކަނޑައަޅާފައިވާ ގޮތުންނަމަ ބޭބީ ނާސަރީއަށް ވައްދާނީ އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހަށް ދެ އަހަރު ފުރި ތިން އަހަރު ނުފުރޭ ކުދިންނެވެ. ނާސަރީއަށް ވަންދާނީ އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހަށް ތިން އަހަރު ފުރި ހަތަރު އަހަރު ނުފުރޭ ކުދިންނެވެ. އެލްކޭޖީއަށް ވައްދާނީ، 2023 ގެ ޖުލައި މަހުގެ 31 ވަނަ ދުވަހަށް ހަތަރު އަހަރު ފުރި ފަސް އަހަރު ނުފުރޭ ކުދިންނެވެ. ގުރޭޑް އެކަކަށް ވައްދާނީ ދެ އަހަރުގެ ފްރީ ސްކޫލް ޕްރޮގްރާމް ފުރިހަމަކޮށް، 2023 ގެ ޖުލައި މަހުގެ 31 ވަނަ ދުވަހަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިންނެވެ.

ދިރާސީ އަހަރު އެލްކޭޖީއާއި ޔޫކޭޖީގެ އިތުރުން ގުރޭޑް އެކަކަށް ކުދިން ވެއްދުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރާނީ އެޑިޔުކޭޝަން މިނިސްޓްރީއަށް ލިޔުމުން، އެ ސްކޫލަކުން ހުށހަޅައިގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *