ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއާއި އެސްއެސްއެލް ގުޅިގެން ބާއްވާ ޤުރުއާން މުބާރާތުގައި 81 ދަރިވަރުން

ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ޤުރުއާން މުބާރާތުގައި 81 ދަރިވަރުން ބައިވެރިވެއްޖެއެވެ. މި މުބާރާތް ފެށީ ހުކުރު ދުވަހުގެ ރޭ ގައެވެ. މި މިމުބާރާތް އިންތިޒާމް ކުރަނީ ދަރިވަރުންގެ ޔޫނިއަންއާއި އެ ޔޫނިއަންގެ ގޮފި ސޮސައިޓީ އޮފް ޝަރިޢާ އެންޑް ލޯ (އެސްއެސްއެލް)އާ ގުޅިގެންނެވެ.

ފުރަތަމަ ދަންފަޅީގައި 19 ދަރިވަރެއްގެ ކިޔެވުން ކުރިއަށް ގެންދިޔައެވެ. އެއީ ނުބަލައި ކިޔެވުމުގެ ބައިން ކިޔެވި ހަތަރު ދަރިވަރުންނާއި ބަލައިގެން ކިޔެވުމުގެ ބައިން ކިޔެވި 15 ދަރިވަރެއްގެ ކިޔެވުމެވެ. ދެވަނަ ފަންފަޅީގެ ކިޔެވުން ކުރިއަށް ދާނީ މިއަދު މެންދުރުފަހު 14:00ން ފެށިގެންނެވެ.

މި މުބާރާތް މާދަމާގެ ނިޔަލަށް ކުރިއަށް ދާނެއެވެ. އެމްއެންޔޫއެސްޔޫއާ ގުޅިގެން މި މުބާރާތް ކޮންމެ އަހަރަކު ވެސް އިންތިޒާމް ކުރަނީ އެސްއެސްއެލްއިންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *