ބިލެތްފަހީ ސްކޫލުގެ މުވައްޒަފުންގެ ތަށިބަރި ލޯތްބާއިއެކު!

ރޯދަމަސް ފެށުމާއެކު ށ. ބިލެތްފަހީ ސްކޫލުގެ މުވައްޒަފުން ލޯތްބާއިއެކު ތަށިބަރި ހަދިޔާކުރަން ފަށައިފިއެވެ. މިއީ ކޮންމެ ރޯދަމަހަކު ވެސް އެ ސްކޫލުގެ މުވައްޒަފުންގެ މެދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.

ޕްރިންސިޕަލް އަމްޖަދު ހުސައިން ވިދާޅުވީ މުވައްޒަފުންގެ މެދުގައި އޮތް "ޓީމް ވާރކް" މި ހަރަކާތުން ފެނިގެންދާ ކަމަށާއި ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް މުވައްޒަފަކަށް ހަދިޔާއެއްގެ ގޮތުގައި ތަށިބަރިއެއް ލިބޭނެ ކަމަށެވެ.

ރޯދަމަސް ނިމިގެންދާއިރު، އެ ސްކޫލުގައި މަސައްކަތް ކުރާ 32 މުވައްޒަފުންނަށް "ރަން ތަށިބަރި" ލިބޭނެއެވެ.

އަމްޖަދު ވިދާޅުވީ، މި އަހަރު ތަށިބަރި ހަދިޔާ ކުރުމުގެ މަސައްކަތް ކުރަނީ އެ ސްކޫލުގައި އަލަށް އެކުލަވާލި ރިކްރިއޭޝަން ކުލަބުގެ ފަރާތުންނެވެ.

" ޓީމްވާރކްއެއްގެ ގޮތުގައި ސްކޫލް ހިންގާއިރު، މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއް ރޫޙެއްގައި މަސައްކަތް ކުރުމުގެ ޖޯޝް ހުންނަންޖެހޭ. ރިކްރިއޭޝަން ކުލަބުން އެފަދަ މަސައްކަތްތަކަށް މިހާރު އިސްނަގައިގެން ކުރިއަށް ދާނީ" އަމްޖަދު ވިދާޅުވިއެވެ.

ބިލެއްފަހީ ސްކޫލުގައި 150އާ ގާތްކުރާ އަދަދެއްގެ ދަރިވަރުން ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 10އާ ހަމައަށް ކިޔަވަމުންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *