އިންޓަރ ސްކޫލް ލަވަ މުބާރާތް ބާއްވަން ނިންމައި، މި އަހަރުގެ މުބާރާތް އަންނަ ޖޫން މަހު 16ގައި

އިންޓަރ ސްކޫލް ލަވަމުބާރާތް ބާއްވަން ނިންމައި، އަންނަ ޖޫން މަހުގެ 16 އިން 24އަށް އަހަރުގެ މުބާރާތް ބާއްވަން ނިންމައިފިއެވެ. މި މުބާރާތް ބާއްވަނީ އެޑިޔުކޭޝަން މިނިސްޓްރީއާއި ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ނެޝަނަލް ސެންޓަރ ފޯރ އާރޓްސް އާއި ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް)އާ ގުޅިގެންނެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި މުބާރާތުގެ މަޤްޞަދަކީ ސްކޫލްތަކުގެ މެދުގައި ލަވަކިޔުމާއި މިއުޒިކުގެ ފަންނުވެރިކަން ކުރިއެރުވުމުގެ އިތުރުން ސްކޫލް ދަރިވަރުންގެ މެދުގައި ލަވައާއި މިއުޒިކުގެ ފަންނީ ހަމަތަކަށް ލޯބިޖެއްސުމާއި ފަންނީ ހުނަރުވެރިކަން މަތިކޮށް، އަމިއްލަ ދިވެހިވަންތަ ރާގާއި، މިއުޒިކާއި، ލަވައިގެ އުފެއްދުންތެރިކަން އިތުރު ކުރުމެވެ. މު މުބާރާތުގެ ސަބަބުން މުސްތަޤުބަލުގައި ފެންވަރު ރަނގަޅު ދިވެހި ލަވަކިޔުންތެރިންނާއި މިޔުޒީޝަނުން އުފެދި މިއުޒިކާއި ލަވައިގެ ފަންނުވެރިކަން ތަރައްޤީވެ ކުރިއަރާ ދިއުން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

އަހަރަކު އެއްފަހަރު ބާއްވާ މި މުބާރާތުގައި އިންޑިވިޖުއަލް ޕަރފޯމަންސްގައި ވާދަކުރާނީ ދެ ބަޔަކަށް ބަހާލައިގެން ޖުމްލަ ހަ ޢުމުރު ފުރައެއްގައެވެ. އެއީ ޖޫނިއަރ ގްރޫޕާއި ސީނިއަރ ގްރޫޕެވެ.

  • ޖޫނިއަރ ގްރޫޕްގައި ވާދަކުރާނީ، ހަ އަހަރުން ދަށާއި، 9 އަހަރުން ދަށާއި، 11 އަހަރުން ދަށުގެ ދަރިވަރުންނެވެ.
  • ސީނިއަރ ގްރޫޕްގައި ވާދަކުރާނީ. 15އަހަރުން ދަށާއި 17 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށުގެ ދަރިވަރުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *