ގުރޭޑް 10ގެ ދަރިވަރުންގެ "މޮކް" އިމްތިޙާން ފަށައިފި

ގުރޭޑް ދިހައެއްގެ ދަރިވަރުންނަށް ދޭ "މޮކް" އިމްތިޙާން މިއަދު ފަށައިފިއެވެ. ހުރިހާ ސްކޫލެއްގައި ވެސް މި އިމްތިޙާން މިއަދު ކުރިއަށް ދާނެއެވެ.

މޮކް އިމްތިޙާން ދެނީ އެ ދަރިވަރަކު ކިޔަވާ ސްޓްރީމެއްގައި ހިމެނޭ ހުރިހާ މާއްދާއަކުންނެވެ.

މޮކް އިމްތިޙާނަށް ވެސް ދަރިވަރުން ދުރާލާ ތައްޔާރުވެއެވެ. ސްކޫލްތަކުން ދަރިވަރުންނަށް އެތައް ފުރުޞަތު ތަކެއް ފަހިކޮށްދެއެވެ. ސްޓަޑީ ކޭމްޕްތައް އިންތިޒާމް ކުރެއެވެ. ތަޖުރިބާ ދަތުރުތަކުގައި ސްކޫލްތަކަށް ޒިޔާރަތްކޮށް މައުލޫމާތު ހޯދައެވެ.

މި އަހަރުގެ އޯލެވެލް އިމްތިޙާން ފަށާނީ ވަޅުއީދު ދުވަހުއެވެ. އޭގެ ކުރިން އާރޓް ހަދާ ދަރިވަރުންނަށް އަންނަ މަހުގެ 12 ވަނަ ދުވަހު އާޓް އިމްތިޙާން އޮންނާނެއެވެ.

ސާނަވީގައި 6400 އެއްހާ ދަރިވަރުން މި އަހަރު ބައިވެރިވާއިރު، ކުރީ އަހަރަށްވުރެ ހާހެންހާ ދަރިވަރުން މި އަހަރު އިތުރުވާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒާމުން ބުނެފައިވެއެވެ.

އޯލެވެލް އިމްތިޙާން އޮކޮޓޯބަރު / ނޮވެމްބަރުން މެއި/ ޖޫންއަށް ބަދަލުކުރީ ކޮވިޑް 19އާ ގުޅިގެން ދިރާސީ އަހަރަށް ގެނައި ބަދަލާ ގުޅިގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *