މުސާރަ ލަސްވި ސްކޫލްތަކުގެ މުވައްޒަފުންނަށް އަންނަ އާދީއްތަ ދުވަހު މުސާރަ ޖަމާކޮށްދޭނެ: އެޑިޔުކޭޝަން

ލަސްވި ސްކޫލްތަކުގެ މުވައްޒަފުންގެ މުސާރަ އަންނަ އާދީއްތަ ދުވަހު ޖަމާކުރާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މުސާރަ ލަސްވެފައިވަނީ ނޮދަން ސެންޓަރަލްގެ އަދި ނޮދަން ޒޯންގެ ސްކޫލްތަކުގައެވެ. ނޮދަން ޒޯނުގައި ހިމެނެނީ ނ،ރ އަދި ބ އަތޮޅެވެ. ނޮދަން ޒޯންގައި ހިމެނެނީ ޅ،ކ،އއ،އދ، އަދި ވ އަތޮޅުގެ ސްކޫލްތަކެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، ބަޖެޓް ވަކި ނުކުރާ ސްކޫލުތަކުގެ މުސާރަ ސެޕް ސިސްޓަމް ތެރެއިން ކުރުމަށް ފާއިތުވީ މަހުވަނީ ފަށާ ފައެވެ. އަދި މިގޮތަށް މުސާރަ ތައްޔާރު ކުރާނެގޮތުގެ މަޢުލޫމާތުވާނީ ސްކޫލްތަކުގެ ބަޖެޓް ހައްދަވާ މުވައްޒަފުންނާ ހިއްސާ ކުރެވިފައެވެ. ނަމަވެސް، މިފަދަ ބައެއް ސްކޫލުތަކުން ސެލަރީ ޝީޓް ރަގަޅަށް ހަދާފައިނުވާތީ އާއި ބަންޑޭރި ޕޯޓަލް އަޕްޑޭޓްކޮށްފައިނުވާތީ، މި މަސައްކަތް ވަރަށް ލަސްވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

" މުސާރަ ލައިވް ކުރުމުގެ މަސައްކަތަކީ ޒޯންގައި ހިމެނޭ ހުރިހާ ސްކޫލަކަށް އެއްކޮށް ކުރެވޭ ކަމަކަށް ވާތީ އެއް ސްކޫލްގެ ޝީޓް ލަސްވިއަސް މުޅި ޒޯންގައި ހިމެނޭ ހުރިހާ ރަށެއްގެ މުސާރަ ލަސްވޭ" މިޑިއާއަށް އެޑިޔުކޭޝަން މިނިސްޓްރީން ފޮނުވި ނޯޓްގައި ބުނެފައިވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މައްސަލަ ހުރި ސެލެރީ ޝީޓްތައް އިސްލާހު ކުރުމުގެ މަސައްކަތްތައް މިނިސްޓްރީގެ އެޗްއާރ ސެކްޝަންއިން ކޮށް، އަންނަ އާދީއްތަ ދުވަހު އެ ދެ ޒޯނުގައި ހިމެނޭ ސްކޫލްތަކުގެ މުވައްޒަފުންގެ މުސާރަ ޖަމާކޮށްދޭނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *