ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުން 50،000 ރުފިޔާގެ އެހީއެއް ވެ ދީފިއެވެ.
ދަރިވަރުންގެ ފަރާތުން ދިން ހަދިޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާ ވަނީ ހަވާލުކޮށްފައެވެ.
އައިއޭސީއަކީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުން އަންނަ ދިވެހި ޖަމިއްޔާއެކެވެ.
ޣިޔާޘުއްދީން ސްކޫލުން ބުނީ ދަރިވަރުންގެ ފަރާތުން އެހީ ފޯރުކޮށްދިނީ، އެ ސްކޫލުގެ ގުރޭޑް އަށަކާއި ނުވައެއްގެ ދަރިވަރުން 2019 ވަނަ އަހަރާއި 2022 ވަނަ އަހަރު ބޭއްވި އޭބީއީ ފެއަރއިން ލިބުނު ފައިސާއިން ކަމަށެވެ.
އައިއޭސީން ހިންގި ކެމްޕެއިނަށް ވެސް މިހާތަނަށް ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ސީރިއާއި ތުރުކީގެ ރައްޔިޔުންނަށް އެހީވާން ލިބިފައެވެ.
ޣިޔާޘުއްދީނުގެ އިތުރުން އިތުރު ސްކޫލްތަކުން ވެސް ދަނީ ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ފަންޑްރައިޒިން ހަރަކާތްތަކެއް ހިންގަމުންނެވެ.
advertisment
ހިޔާލު