އަމީނިއްޔާގެ "ކުރިއޭޓިވް ޖީނިއަރސް" ގައި 300 ކުރެހުން

އަމީނިއްޔާ ސްކޫލްގެ ކީ ސްޓޭޖް 3އާއި4 އަށް ޚާއްޞަކޮށްގެން "ކުރިއޭޓިވް ޖީނިއަރސް" ގެ ނަމުގައި ކުރެހުމުގެ މައުރަޒެއް ބާއްވައިފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ މައުރަޒުގައި 300 އެންހާ ދަރިވަރުންގެ ކުރެހުންތައް ބައިވެރިކޮށްފައިވެއެވެ.

އަމީނިއްޔާއިން ބުނީ އަހަރަކު އެއްފަހަރު ބާއްވާ މި މައުރަޒުގެ ބޭނުމަކީ ކުރެހުމަށް ޝަޢުޤު ހުންނަ ދަރިވަރުންނަށް ޕްލެޓްފޯމެއް ޤައިމްކޮށްދިނުމެވެ. އަދި ކުދިންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވުމާއި ކަންތައްތައް ނިންމަން ކުދިންނަށް އޮންނަ ފުރުޞަތު ތަނަވަސް ކޮށްދިނުން ކަމަށް ވެސް އެ ސްކޫލުން ބުނެއެވެ.

މައުރަޒުން ފެނިގެން ދިޔައީ ދަރިވަރުން އެ ދަރިވަރުންގެ އަމިއްލަ ޚިޔާލަށް ބިނާކޮށްފައިވާ ހުނަރުވެރި މަސައްކަތްތައް ކަމަށް އެ ސްކޫލުން ބުނެއެވެ.

އަމީނިއްޔާއިން ބުނީ، މުބާރާތުގައި ބައިވެރިވާން ބޭނުންވި ކުރިހާ ދަރިވަރުންނަށް ފުރުޞަތު ދީފައިވާނެ ކަމަށާއި، ހުރިހާ ކުރެހުންތަކީ ވެސް ދަރިވަރުންނަށް ވަގުތު ދީގެން ސްކޫލުގައި ކުރަހާފައިވާ ކުރެހުންތައް ކަމަށެވެ.

މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން ވެސް ހިމެނޭ ކަމަށާއި، އެންމެ ރަނގަޅު ކުރެހުންތަކުގެ ތެރޭގައި އެ ދަރިވަރުން ކުރަހާފައިވާ ކުރެހުންތަ ހިމެނޭކަން އެ ސްކޫލުން ފާހަގަ ކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *