ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލަށް 25 އަހަރު ފުރޭ ރިހިޔޫބީލް ފާހަގަ ކުރުމުގެ ގޮތުން ޚާއްޞަ ދުވުމެއް އަންނަ މަހު 17 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
މި ދުވުން ޚާއްޞަ ކޮށްފައި ވަނީ 2.5 ކިލޯ މީޓަރަށް ދުވުމަށެވެ.
ހުކުރު ދުވަހު، ހަވީރު، ޖަލާލުއްދީން ސްކޫލުގެ ކުރިމަތިން ފަށާ މި ދުވުމުގައި ފަސް ކެޓަގަރީ އަކުން މެޑަލް ދޭން ވަނީ ނިންމާފައެވެ. ދުވުމުގައި ބޭނުން ކުރާ ބިޕް ވިއްކަން ފަށާނީ 17 ވަނަ ދުވަހު ކަމަށް އެ ސްކޫލުން ބުނެއެވެ.
ދަރިވަރުންގެ ބައިން މެޑަލް ދޭން ނިންމާފައި ވަނީ، ކީ ސްޓޭޖް އެކަކުން ފަހަކަށް އަންހެން ފިރިހެން ވަކިން އެންމެ 10 ދަރިވަރުންނަށެވެ. ވިހިއަހަރުން ދަށާއި ވިހި އަހަރާއި ސާޅީސް އަހަރާ ދެމެދުގެ އަންހެން ފިރިހެނުން ވަކިން އެއްވަނަ ދެވަނަ އަދި ތިން ވަނަ ހޮވާނެއެވެ. ޖަލާލުއްދީން ސްކޫލްގެ މުވައްޒަފުންގެ ތެރެއިން ވެސް އެއްވަނަ ދެވަނަ ތިން ވަނަ ދެ ޖިންސް ވަކިން ހޮވާއިރު، އާންމު ކެޓަގަރީގެ ގޮތުގައި ވެސް ދެ ޖިންސްގެ މީހުންނަށް ބައިވެރިވުމުގެ ފުރުޞަތު އޮތީ ހުޅުވާލާފައެވެ.
advertisment
ހިޔާލު