މުޙްޔިއްދީން ސްކޫލްގެ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް އަލްޓެކްއަށް

ވިލިމާލޭގައި ހުންނަ މުޙްޔިއްދީން ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް 365 ދުވަހުގެ ތެރޭގައި އަލްޓެކްއިން ނިންމަނީ 12.2 މިލިއަން ރުފިޔާ އަށެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިޔަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރ ހުސެއިން ތަސްމީނެވެ.

އެއް ދަންފަޅިއަށް ކިޔަވައިދޭ މުޙްޔިއްދީން ސްކޫލުގައި 898 އެއްހާ ދަރިވަރުން، ނާސަރީން ފެށިގެން ގުރޭޑް 10އާ ހަމައަށް ކިޔަވައި ދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *