ކޮމަންޑޫގައި ބޭއްވި ފުރާވަރު ކޭމްޕުގައި 126 ދަރިވަރުން

ށ. ކޮމަންޑޫގައި ބޭއްވި ފުރާވަރު ކޭމްޕް، އެ އަތޮޅުގެ ދެ ސްކޫލަކުން 126 ދަރިވަރުންނަށް ބާއްވައިފިއެވެ.

މިމަހު 26ން 8އަށް ބޭއްވި، 93 ވަނަ ފުރާވަރު ކޭމްޕްގައި ބައިވެރިވީ ކޮމަންޑޫގައި ހުންނަ ށ. އަތޮޅު ތައުލީމީ މަރުކަޒާއި މަރޮށި، އަލްމަދަރުސަތުލް މުނައްވަރާ ދަރިވަރުންނަށެވެ.

ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ކުރިއަށް ގެންދާ " ފުރާވަރު" ކޭންޕަކީ ކުށްމަދު މުޖުތަމައެއް ބިނާކުރުމަށް މި ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ކޭންޕު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދެވެ. މި ރަސްމިއްޔާތުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް މުޙައްމަދު ބަޝީރު، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަސީރު އަދި ށ. އަތޮޅުތައުލީމީ މަރުކަޒާއި އަލްމަދަރުސަތުލް މުނައްވަރާގެ ޕްރިންސިޕަލުންނާއި މުދައްރިސުން ބައިވެރި ވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު ވިދާޅުވީ، ފުރާވަރު ކޭންޕަކީ ވަރަށް މާތް މަގުސަދެއްގައި ފުލުހުން ކުރިއަށް ގެންދާ ކޭންްޕެއްކަމަށާއި، މި ކޭންޕު ނިންމާ ދަރިވަރުންނަކީ އިސްލާމްދީނުގެ އަގީދާގައި ސާބިތުކަމާއެކު ހިފަހައްޓާ ދަރިވަރުންތަކެއްގެ ގޮތުގައި ދެމިތިބުމުގެ ވަރުގަދަ އަޒުމެއް އޮތް ދަރިވަރުންތަކަކަށް ވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ކޭންޕު ނިންމި ދަރިވަރުންނަކީ ރާއްޖޭގައި އަމަލުކުރެވެމުންދާ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން، ކުދިންގެ އުމުރާ ގުޅޭ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރާ ދަރިވަރުންތަކަކަށް ވުމަށް އިލްތިމާސް ކުރެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *