"މޫދު ގުނބޯ" ޕްރޮގްރާމުން ލަންދޫ ސްކޫލުގެ ހުރިހާ ދަރިވަރުންނާއި ސްޓާފުންނަށް ފަތަން ދަސްކޮށްދޭން ފަށައިފިއެވެ.
އިއްޔެ ފެށި މި ޕްރޮގްރާމް ވިހި ދުވަހަށް ކުރިއަށް ގެންދާނެއެވެ. މި ޕްރޮގްރާމުގެ ތެރެއިން އެ ސްކޫލުގެ 186 ދަރިވަރުންނާއި 46 ސްޓާފުންނަށް ފަތަން ދަސްކޮށްދެވޭނެ ކަމަށް އެ ސްކޫލުން ބުނެއެވެ.

ޕްރިންސިޕަލް ޔޫސުފު ޢަބުދުއްރަޙީމް ދަރިވަރު ނޫހަށް ވިދާޅުވީ، ފަތަން ދަސްކޮށްދިނުމުގެ މަސައްކަތް ކޮވިޑާ ގުޅިގެން ހުއްޓިފައި އޮތުމަށްފަހު، އަލުން ފަށައިގަނެވުނީ ސްވިމިން އެސޯސިއޭޝަނާއި ފުލުހުންނާއި ކައުންސިލާއި ރަށުގެ އެހެނިހެން މުވައްސަސާތަކާއި ބެލެނިވެރިންގެ ބޮޑު އެހީތެރިކަމާ އެކު ގައެވެ.

އޭނާ ވިދާޅުވީ ފަތަން ދަސްކުރާ ކޮންމެ ކުއްޖަކަށާއި ސްޓާފަކަށް ސްވިމިނިންގ އެސޯސިއޭޝަނުން ސެޓްފިކެޓެއް ދޭން ނިންމާފައިވާ ކަމަށެވެ.
ފަތަން ދަސްކޮށްދެނީ ފުލުހުން އިސްވެ އެކުލަވާލާފައިވާ 15 މީހުންގެ ޓީމަކުންނެވެ.

ޔޫސުފު ވިދާޅުވީ، ދާއިމީ ގޮތެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދަން ބޭނުންވާނެތީ، ދަރިވަރުންނަށް ފަތަން ދަސްކޮށްދެވޭ ފެންވަރަށް ސްޓާފުންގެ ތެރެއިން ބަޔަކަށް ތަމްރީނު ވެސް މި ޕްރޮގްރާމުގެ ތެރެއިން ދޭނެ ކަމަށެވެ.
advertisment
ހިޔާލު