"ކިޔަވާ ލޯނު"ގެ އިންޓްރެސްޓް ރޭޓު ފަސް އިންސައްތައަށް ޤައުމީ ބޭންކުން ކުޑަކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސްއަށް 40 އަހަރު ފުރުން ފާހަގަކުރުމަށް އެ ބޭންކުން ދަނީ މުޖްތަމަޢަށް ފައިދާ ހުރި ގިނަ ކަންތައްތައް ތަޢާރަފުކޮށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކިޔަވާ ލޯނުގެ އިންޓްރެސްޓް ރޭޓު ކުޑަކުރިކަން ބީއެމްއެލްއިން އިއުލާން ކުރީ ކްރެސްރޯޑްގައި މިރޭ ބޭއްވި ޚާއްޞަ ހަފްލާއެއްގައެވެ.
މިހާރު، ނުވަ އިންސައްތަ ރޭޓުގައި ދޫކުރަމުންދާ ކިޔަވާ ލޯނު ފަސް އިންސައްތައަށް ކުޑަކޮށް ދޫކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ބަދަލާއެކު މިހާރު ލޯން ދޫކޮށްފައިވާ ކިޔަވާ ލޯނުތަކުގެ ވެސް އިންޓްރެސްޓް ރޭޓު ފަސް އިންސައްތައަށް ކުޑަވާނެއެވެ. ކިޔަވާ ލޯނަށް އިންޓްރެސްޓްގެ ގޮތުގައި 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ނަގަމުން އައީ 11 އިންސައްތައެވެ.
advertisment
ހިޔާލު