އޭލެވެލްގެ ނަތީޖާ ދޫކުރަން ފަށައިފި

ނިމުނު އަހަރުގެ އޮކްޓޯބަރުމަހު ބޭއްވި އެޑެކްސެލް އޭލެވެލްއާއި އައިއޭއެލް އިމްތިހާނާއި އެޗްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފިއެވެ.

އިމްތިޙާނުގެ ނަތީޖާ ދޫކުރަނީ، އެދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކުންނެވެ.

އޭލެވެލް އިމްތިޙާނުގައި 2849 ދަރިވަރުން ބައިވެރިވިއެވެ. 2785 ދަރިވަރުން އެޑެކްސެލް އޭލެވެލްގެ މާއްދާތަކުން އިމްތިހާނު ހެދި އިރު، އެޗްއެސްސީ އިމްތިހާނު ހަދާފައިވަނީ ޖުމްލަ 1299 ދަރިވަރުންނެވެ. އިމްތިޙާނު ހަދާފައި ވަނީ 40 ސެންޓަރެއްގައެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއިން ބުނީ، ޕޭޕަރުތައް ރީޗެކް ކުރުމުގެ ފުރުޞަތު މި މަހުގެ 26 އާ ހަމައަށް އޮންނާނެ ކަމަށެވެ.

އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ކުރުމާއި، ކޮންމެ އަތޮޅެއްގައި ވެސް އޭލެވެލްއަށް ކިޔެވޭނެ ސެންޓަރެއް ވަނީ ހަމަޖައްސާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *