އެމްއެންޔޫގެ ފަހި ދުވަސް އަންނަ ބުރާސްފަތި ދުވަހު

ޤައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފިއެވެ.

ޤައުމީ ޔުނިވަރސިޓީން ބުނީ، އެ ޔުނިވަރސިޓީން ހިންގާ ކޯސްތަކާއި ލިބެން ހުރި ފުރުޞަތުތަކާ ގުޅޭ ގިނަ މައުލޫމާތެއް އެ ދުވަހު ފޯރުކޮށްދޭނެ ކަމަށެވެ.

ފަހި ދުވަސް ކުރިއަށް ގެންދަނީ ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަން އެޑްމިނިސްޓްރޭޝަންގައި، ބުރާސްފަތި ދުވަހުގެ ހަވީރު 4ން 6އަށް އަދި ރޭގަނޑު 8ން 10އަށެވެ.

ޤައުމީ ޔުނިވަރސިޓީގެ ފެބުރުއަރީ އިންޓޭކަށް ގިނަ ކޯސްތަކަކަށް ވަނުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގައި އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދާ ޔުނިވަރސިޓީން އަންނަނީ ފަހި ދުވަހުގެ ނަމުގައި ކޯސްތަކާއި ކުރިއަށްދާނެ ދާއިރާތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދެމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *