ދެވަނަ ޓާމުގެ ފުރަތަމަ ދުވަހުން ފެށިގެން ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުލާސްތައް ސާފު ކުރުމުގެ މަސައްކަތް އެ ސްކޫލްގެ ދަރިވަރުން ފަށައިފިއެވެ.
" މީގެ ފަހުން ކުލާސްރޫމްތައް ސާފުކުރަން މަސައްކަތު މީހުން ނުވަންނާނެ" ދިރިއުޅުމަށް ދަރިވަރުން ތައްޔާރު ކުރުމަށް އަލަށް ފެށި މަސައްކަތާ ގުޅޭ ގޮތުން ޕްރިންސިޕަލް އިސްމާއިލް ސައުދުﷲ ވިދާޅުވިއެވެ.
" ކުދިން ގެއަށް ދާނީ ކުލާސްރޫމުގައި ހުރި ކުނިތައް ނަގައި ކުލާސް ރޫމް ފޮޅާ ސާފުކޮށް އެކުދިންގެ މާދަމާގެ ކިޔެވުމަށް ކުލާސްރޫމް ފުރިހަމަޔަށް ތައްޔާރުކޮށްފައި"

350 އަށްވުރެ ގިނަ ދަރިވަރުން، ގުރޭޑް 12އާ ހަމައަށް ކިޔަވަމުންދާ ސްކޫލުގެ ކުލާސްރޫމްތައް ސާފުތާހިރުކޮށް، ކުދިން ތިބޭ ޑެސްކުތައް ބެލެހެއްޓުމަކީ ވެސް އެ ދަރިވަރެއްގެ ޒިންމާއަކަށް ވާނެއެވެ.
" އަޅުގަނޑުމެން ދުވަސްތަކެއް ވެއްޖެ މި ބަދަލު ގެންނަން މަސައްކަތް ކުރާތާ. މިއީ ފެށުމެއް، ފަހަރަކު ކަމެއް ތަޢާރަފުކޮށް ދިރިއުޅުމުގައި ބޭނުން ހިފޭނެ އެތައް ހުނަރެއް މީގެ ތެރެއިން ދަރިވަރުންނަށް ދަސްވެގެންދާނެ" އިސްމާއިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހަމައެކަނި ފިލާވަޅުތައް ނަގައިދީފައި ދަރިވަރުން ގެއަށް ފޮނުވާލުމަކުން ކުއްޖާ ދިރިއުޅުމަށް ތައްޔާރުކޮށް ނުދެވޭކަމީ މިއަދު އެންމެން ގަބޫލުކުރާ ހަޤީޤަތެއް ކަމަށެވެ.

މީގެ ސަބަބުން ސާފުތާހިރުކަމަށް ކުދިން އަހުލިވެރިވެ ތަންދެކެ ލޯބި އުފެދި ދިރިއުޅުމަށް ކޮންމެހެން ވެސް ބޭނުންވާ އަސާސީ ގިނަ އަގުކުރުންތަކެއް އަމަލީގޮތުން ކުދިންނަށް ދަސްވެ ހަށިގަނޑުގައި ހަރުލެވިގެންދާނެ ކަމަށާއި ގޭތެރެއިން ދަރިވަރުން ޒިންމާކުރުވަން ބެލެނިވެރިންނަށް ފަހިވެގެން ދާނެ ކަމަށް ވެސް ސައުދުﷲ ވިދާޅުވިއެވެ.
advertisment
ހިޔާލު