ފިޔޯރީ ސްކޫލްގެ ކުރީގެ ހޯލް އިމާރާތުގައި ރޯވެއްޖެ

ގދ. ފިޔޯރީ ސްކޫލްގެ ކުރީ ހޯލް އިމާރާތުގައި އަލިފާން ރޯވެއްޖެއެވެ. އަލިފާން ރޯވި ވަގުތުގައި އެ އިމާރާތުގައި އެއްވެސް މީހަކު ނޫޅެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އަލިފާން ރޯވީ މިއަދު ހަވީރު 5:00 ހާއިރު ކަމަށާއި، ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފާއި ފުލުހުން ކުރަމުންދާ ކަމަށެވެ.

މި އިމާރާތުގެ ތިން ކުލާސްރޫމްގައި ކުދިން ކިޔަވަމުން ގެންދެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، އަލިފާން ރޯވުމާ ގުޅިގެން ދަރިވަރުންގެ ކިޔެވުމަށް އަސަރު ނުކުރާނެ ގޮތަށް ކިޔެވުމުގެ އިންތިޒާމް އެ ސްކޫލާ ގުޅިގެން ކުރިއަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިތުރު ތަފްޞީލް އަންނަނީ…

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *