އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އުނގޫފާރުގެ 18 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށް އިނގިރޭސި ބަސް ދަސްކޮށް ދިނުމަށް ކުލާހެއް ހިންގަން ނިންމައިފިއެވެ.
އިނގިރޭސި ބަހުންނާއި ލެޓިލުން މެސެޖް ލިޔެ، ކިޔަން ދަސްކޮށްދިނުމުގެ އިތުރުން އިނގިރޭސި ބަހަށް އަހުލުވެރިނޫން ފަރާތްތަކަށް އިނގިރޭސި ބަހަށް އަހުލުވެރި ކުރުވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ކުލާހެއް ކަމަށް އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ނަޒުރާނާ ޙުސައިން ސޮއިކޮށް ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.
ހަފްތާއަކު ތިން ދުވަހު ކުރިއަށް ގެންދާ މި ކުލާހުގައި ކިޔަވައިދޭނީ އިނގިރޭސި ބަހުގެ ތަޖުރިބާކާރެއް ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. މި ކުލާހުގައި ބައިވެރިވާން ބޭނުންވާ އުނގޫފާރުގެ ރައްޔިތުން، 7667690 ނަމްބަރު ފޯނަށް ޖެނުއަރީ މަހުގެ ދިހަ ވަނަ ދުވަހުގެ ނިޔަލަށް މެސެޖް ކުރުމަށް ވަނީ ހުޅުވާލާފައެވެ. ިނ
advertisment
ހިޔާލު