ކީރިތި ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތް ނިންމާލައިފިއެވެ.
މި މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިޔައީ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
ތިން ދަންފަޅިއަކަށް ކިޔެވުން ކުރިއަށް ގެންދިޔަ މި މުބާރާތުގައި 1016 ފަރާތަކުން ކިޔެވިއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 600 ބައިވެރިންނާއި ނުބަލާ ކިޔެވުމުގެ ގޮފީގައި 404 ބައިވެރިންގެ އިތުރުން 13 ދަރިވަރުން ވަނީ ޙާފިޡުންގެ ބައިވެރިވެ ކިޔަވާފައެވެ.
އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ މުބާރާތް ކުރިއަށް ގެންދިޔައީ ފެސްޓިވަލެއްގެ ގޮތަށެވެ. މުބާރާތް ކުރިއަށްދާއިރު، ސަލްމާން މިސްކިތުގެ ގޯތިތެރޭގައި ސްޓޯލްތަކެއް ބެހެއްޓިއެވެ. މި ސްޓޯލްތަކުން ދީނީ މަޢުލޫމާތާއި ޤުރުއާނުގެ ޢިލްމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނެއެވެ. މި މުބާރާތުގެ ނަތިޖާ އިއުލާން ކުރާނީ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާތެރެގައެވެ.
advertisment
ހިޔާލު