ފޮތް ލިޔުމާއި ރިސާޗު ހަދަން އަށް މީހަކަށް 1.7 މިލިއަން ރުފިޔާ އެމްއެންޔޫއިން ދީފި

ފޮތް ލިޔުމާއި ރިސާޗު ހަދަން އަށް މީހަކަށް 1.7 މިލިއަން ރުފިޔާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ދީފިއެވެ.

ލިޔުންތެރިކަން ކުރިއަރުވައި އެ ޔުނިވާސިޓީގެ މުވައްޒަފުންނާއި ދަރިވަރުންގެ މެދުގައި ފޮތްތެރިކަން އާލާކުރުމަށް، " ބުކް ރައިޓިންގ ގްރާންޓް"ގެ ގޮތުގައި 183،000ރުފިޔާ ދިނީ ހަތަރު މީހަކަށެވެ. އެ ޔުނިވަރސިޓީން ބުނީ، ފޮތް ލިޔުމަށް ފަސް ފަރާތުން ޕްރޮޕޯސަލް ހުށަހެޅި ކަމަށެވެ.

ޔުނިވާސިޓީގެ ދަރިވަރުންނާއި މުވައްޒަފުން ރިސާޗް ކުރުމަށް ހިތްވަރުދީ، ރިސާޗް ކުރުމުގެ ސަގާފަތެއް އަށަގެންނެވުމަށް 1.5 މިލިއަން ރުފިޔާ ދޫކުރީ ވެސް ހަތަރު ފަރާތަކަށެވެ.

އެމްއެންޔޫއިން ބުނީ، ޔުނިވަރސިޓީގެ ކޮންމެ މުވައްޒަފަކަށް ވެސް އެމީހަކު ހިންގަން ބޭނުންވާ ރިސާރޗް ޕްރޮޖެކްޓަކަށް ފައިސާގެ އެހީ ހޯދުމަށް އެދެވިދާނެ ކަމަށެވެ. އަދި މަތީ ޑިގްރީއަށް ކިޔަވާ ފުލްޓައިމް ދަރިވަރުންނަށް ވެސް ފައިސާގެ އެހީއަށް އެދެވިދާނެ ކަމަށާއި، ރިސާރޗް ގްރާންޓް ދެވޭނީ ހުށަހަޅާ ޕްރޮޕޯޒަލްތައް ރިސާރޗް ގްރާންޓްސް ކޮމިޓީން، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ބިނާކޮށް، ފެންވަރު ވަޒަން ކުރުމަށްފަހު ހޮވޭ ޕްރޮޖެކްޓްތަކަށެވެ.

ބުކް ގްރާންޓްސް ލިބުނު ފަރާތްތައް

އަޙްމަދު ޝަރީފް- ދިވެހިބަހުން ވެބްސައިޓް ފަރުމާކުރުން – ފިޔަވަޅަކަށްފަހު ފިޔަވަޅެއް

ޑރ. ޢާއިޝަތު ޝަނޫރާ –

Understanding and Coping stress for University Students

މަރިޔަމް އިފްޝާން-

Get Help and Give Help – Role of Individual and the Community in dealing with Self Harm and Suicide

މައުމޫނާ ޢަބްދުﷲ

އިރުޝާދުދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން

ރިސަރޗް ގްރާންޓްސް ލިބުނު ފަރާތްތައް

ޑރ. ޝައިކް ސައިދް ޢަލީ ޕަކީރް

Prevalence of multi drug resistant Pseudomonas aeruginosa in Maldives

ޝިޒްނާ މުޙައްމަދު

Factors influencing students’ choice of higher education institutions in Maldives

ޑރ. ޒޭބާ އަން ނަހެރް

Methylenetetrahydrofolate Reductase (MTHFR) gene C677T Polymorphism and its Association with Folate, Homocysteine, Anaemia, Menstrual Cycle patterns, Outcomes of pregnancy and Risk for Cardiovascular Diseases in Females

ޑރ. ޢާއިޝަތު ޝަނޫރާ

Effectiveness of Group Therapy in the Maldives

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *