އިންޓަރ ސްކޫލް ޕޭރަންޓްސް ނެޓްބޯޅަ މުބާރާތް: ޗެމްޕިއަންކަން ޣިޔާޘުއްދީނާއި އިސްކަންދަރަށް

އިންޓަރ ސްކޫލް ޕޭރަންޓްސް ނެޓްބޯޅަ މުބާރާތުގެ އަންހެނުންގެ ބައިގެ ޗެމްޕިއަންކަން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލަށް، ފިރިހެނުންގެ ބައިގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލުން ހޯދައިފިއެވެ.

އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ޣިޔާޘުއްދީނުން ހޯދީ ރޭ ކުޅުނު ފައިނަލް މެޗްގައި އިސްކަންދަރު ސްކޫލާ ވާދަކޮށް 27-17 ގެ ތަފާތަކުންނެވެ. ފައިނަލް މެޗްގެ ވުމެން އޮފް ދަ މެޗްގެ މަޤާމް ހޯދީ، ޣިޔާޘުއްދީނުގެ ޝާހިޔާ އާދަމެވެ.

ފިރިހެނުންގެ ޑިވިޜަންގައި އިސްކަންދަރުން ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލުގައި ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ސްކޫލާ ވާދަކޮށެވެ. ފައިނަލް މެޗްގެ މޭން އޮފް ދަ މެޗްގެ މަޤާމް ހޯދީ އިސްކަންދަރުގެ އަލީ ފަޒުލީއެވެ.

މި މިބާރާތުގައި އަންހެނުންގެ ޑިވިޜަންގައި 18 ޓީމެއް، ފިރިހެނުންގެ ޑިވިޜަންގައި 6 ޓީމެއް ވާދަ ކުރިއެވެ.

މި މުބާރާތުގެ ފިރިހެނުންގެ ޑިވިޜަންގެ އެންމެ މޮޅު ހަތް ކުޅިންތެރިންނަކީ:

  • އަހުމަދު ސަވީލް، ގަލޮޅު ސްކޫލް
  • ބަހުޖަތު އަބްދުލް އަޒީޒު، ގަލޮޅު ސްކޫލް
  • އަލީ ފަޒުލީ، އިސްކަންދަރު ސްކޫލް
  • އިސްމާއިލް ރިޝާދު، އިސްކަންދަރު ސްކޫލް
  • އަޙްމަދު އަރަފާތު، ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީ ސްކޫލް
  • އަޙްމަދު ހުޝާމް، ކެންގަރޫ ކިޑްސް
  • އަލީ ލިޔާއު، ޖަމާލުއްދީން ސްކޫލް

މި މުބާރާތުގެ އަންހެން ޑިވިޜަންގެ އެންމެ މޮޅު ހަތް ކުޅިންތެރިންނަކީ:

  • އައިޝަތު ނާޒިމާ، ޢިޔާޘުއްދީން ސްކޫލް
  • އާމިނަތު ލީލާ، ޣިޔާޘުއްދީން ސްކޫލް
  • ފާތިމަތު ނަދާ، އިސްކަންދަރު ސްކޫލް
  • އައިޝަތު ރީމާ، އިސްކަންދަރު ސްކޫލް
  • އައިޝަތު މާހިދާ، ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީ ސްކޫލް
  • އާމިނަތު ނަޒުރާ، ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ސްކޫލް
  • މަރިޔަމް މަނާލް، އިއްޒުއްދީން ސްކޫލް

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *