" ސްޓެމް ފެއަރ" ގެ ނަމުގައި އިސްކަންދަރު ސްކޫލްގެ ސައިންސް ފެއަރ މާދަމާ ފަށާނެއެވެ.
އިސްކަންދަރު ސްކޫލްގެ ލީޑިންގ ޓީޗަރު، އާލިމާ މުޙައްމަދު ވިދާޅުވީ، ސެކަންޑްރީއަށް ބަދަލުވުމަށްފަހު، އެ ސްކޫލުން ބާއްވާ އެންމެ ބޮޑު ސައިންސް ފެއަރގައި ގުރޭޑް އެކަކުން ދިހައެއްގެ ހުރިހާ ދަރިވަރުން ބައިވެރިވާނެ ކަމަށާއި، މުޅި ފެއަރގައި 186 ޕްރޮޖެކްޓެއް ދަރިވަރުން ހުށަހަޅައި ދޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ސައިންސް ފެއަރއަށް ތައްޔާރު ވުމަށް ދަރިވަރުންނަށް ދެ މަސްދުވަހުގެ މުއްދަތެއް ދެވުނު ކަމަށާއި، ދަރިވަރުން ހުށަހެޅި ޕްރޮޖެކްޓްތަކާމެދު ހިތްހަމަޖެހޭ ޖަމަށެވެ.
" އަޅުގަނޑުމެންނަށް ފެނުނީ ތަފާތު ހުނަރުވެރި ދަރިވަރުން ތަކެއް. ކުރިން އިސްވެ މަސައްކަތް ނުކުރާ ދަރިވަރުން އަމިއްލައަށް ކޯޑްކޮށްގެން ތަފާތު ޕްރޮޖެކްޓްތައް ހަދާފައި އެބަހުރި. ވަރަށް ގަޔާވެގެން އަމިއްލައަށް އެ ދަރިވަރުން މަސައްކަތް ކުރުމަކީ އެއީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް" އާލިމާ ވިދާޅުވިއެވެ.
އިސްކަންދަރުގެ ސައިންސް ފެއަރ މާދަމާ ހަވީރު ހުޅުވި ނަމަވެސް، އާންމުކޮށް އެންމެންނަށް ހުޅުވާލާނީ މާދަމާ ރޭ 20:00ގެ ފަހުންނެވެ. 15 ވަނަ ދުވަހު ފެއަރ ކުރިއަށް ދާނީ މެންދުރު 14:00 ން 18:00 އަށް އަދި 20:00ން 22:00 އަށެވެ.
advertisment
ހިޔާލު