އެމްއެންޔޫގެ ސިއްހީ ދާއިރާގެ ކޯސްތަކުގެ ދަރިވަރުންގެ އަމަލީބައި އެޑީކޭގައި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ސިއްހީ ދާއިރާގެ ކޯސްތަކުގެ ދަރިވަރުންގެ އަމަލީ ބައިތައް އެޑީކޭ ހޮސްޕިޓަލުގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.

އެމްއެންޔޫއިން ވަނީ ދަރިވަރުންގެ އަމަލީ ބައިތައް އެޑީކޭގައި ކުރިއަށް ގެންދިއުމަށް އެ ހޮސްޕިޓަލާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެމްއެންޔޫއިން ސޮއިކުރެއްވީ  ވައިސް ޗާންސެލަރު މުހައްމަދު ޝަރީފެވެ. އޭޑީކޭ ހޮސްޕިޓަލުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލެވެ.

މި އެމްއޯޔޫގެ ބޭނުމަކީ އެމްއެންޔޫގެ ދަރިވަރުންނަށް އެލައިޑް ހެލްތުގެ ދާއިރާތަކުން ތަމްރީނު ދިނުމުގެ ޕްރޮގްރާމްތައް އޭޑީކޭ ހޮސްޕިޓަލާ ގުޅިގެން ކުރިއަށް ގެންދިއުން ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް އޭޑީކޭއާއެކު އެމްއެމްޔޫއިން ވަނީ ދަރިވަރުންގެ އަމަލީ ބައި ކުރިއަށް ދިއުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ ފަހަރު ސޮއިކުރީ އެ ޔުނިވަރސިޓީން ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް އަމަލީ ބައި ފުރިހަމަ ކުރާށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *