ދ. ރިނބުދޫން އިއްޔެ ފެނުނު ދިވެހިބޮލި ވަޅު އެ ރަށު ސްކޫލްގެ ދަރިވަރުން ބަލައި، އެ ދަރިވަރުންގެ ފިލާވަޅާ ގުޅުން ހުރި މައުލުމާތު ހޯދައިފިއެވެ.
އެ ރަށުން، އާދަޔާ ޚިފާފު ބޮޑު ބޮލި ވަޅެއް ފެނުނީ ނަރުދަމާގެ މަސައްކަތް ކުރުމަށް މަގު ކޮންނަމުން ދަނިކޮށް، ފޫޓެއްހާ ފުނުންނެވެ.
އެ ސްކޫލްގެ 78 ދަރިވަރުން ވަނީ ބޮލިވަޅު ފެނުނު ތަނަށް ޒިޔާރަތްކޮށް، ގިނަ މަޢުލޫމާތެއް ހޯދާފައެވެ.

" ބޮއްޔަކީ އެއް ދުވަސްވަރެއްގައި ފައިސާގެ ގޮތުގައި ވެސް ބޭނުން ކުރި އެއްޗެއް. އަޅުގަނޑުމެންގެ ސަޤާފަތާއި، އަޅުގަނޑުމެންގެ ތާރީޚާ ވެސް ގުޅިފައިވާ މުހިންމު އެއްޗެއް. އެހެންވެ ދަރިވަރުން ގެންގޮސް ބޭނުންވީ އެ ދައްކާ އިތުރު މައުލޫމާތު ހޯދައި ދޭން" ލީޑިންގ ޓީޗަރު، ޒަޢީމާ އާދަމް ވިދާޅުވިއެވެ.
ޒަޢީމާ ވިދާޅުވީ، ދަރިވަރުންގެ އިތުރުން ޓީޗަރުން ވެސް އެތަން ބަލަން ޝަޢުޤުވެރިވި ކަމަށެވެ.

ރިނބުދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި އިއްޔެ ފެނުނު ބޮލީގެ އަދަދު ނުގުނި ނަމަވެސް، ބޮލިތަކުގެ ބަރުދަން 100 ކިލޯއަށް އަރައެވެ.
މަގުތައް ކޮންނައިރު ދޭތެރެ ދޭތެރެއިން ގިނަ އަދަދެއްގެ ބޮލި ފެނުމަކީ އާންމު ކަމެކެވެ.
ތާރީޚު ދިރާސާ ކުރައްބާ ބޭފުޅުން ވިދާޅުވާގޮތުގައި، ބޮލިން ކުނި ފިލުވުމާއި، ފޮރުވާފައި ބަހައްޓަންވެސް ބޮލި ވަޅުލާފައި ބަހައްޓައެވެ.
advertisment
ހިޔާލު