އެޗްއާރުސީއެމުން ހުޅުވާލި، ވީޑިއޯ ހެދުމުގެ މުބާރާތުން އެއްވަނަ ޅ. އޭއީސީއަށް،

ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވަން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ސްކޫލްތަކަށް ހުޅުވާލި ވީޑިއޯ ހެދުމުގެ މުބާރާތުގެ އެންމެ މޮޅު ތިން ވީޑިއޯ ހޮވައިފިއެވެ. އާންމުންގެ ވޯޓަށް ހުޅުވާލި ދިހަ ވީޑިއޯގެ ތެރެއިން އެއްވަނަ ހޯދީ ޅ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އެ މަރުކަޒުން ވީޑިއޯ ހުށަހެޅީ، މަރިޔަމް މިންހާ މުޙައްމަދު، މަންޙާ މުޙައްމަދު އިބްރާހިމް، މަރިޔަމް ސާނިހާ މޫސާ، އުޝާނާ އިސްމާއިލް ހުސައިން، މަރިޔަމް ހަމާޝަތު މުޙައްމަދުއެވެ.

ޖަލާލުއްދީން ސްކޫލުން ހުށަހެޅި އެ ވީޑިއޯގައި ގެނެސްދީފައި ވަނީ މައެއްގެ ފަރާތުން ދަރިއަކަށް ލިބެމުންދިޔަ ގެވެށި އަނިޔާއަށެވެ. އެ ވީޑިއޯއިން ދިން މެސެޖަކީ މަޔަކުވެސް ދަރިއަކަށް ގެވެށި އަނިޔާއެއް ކުރާނަމަ އެކަން ލަސްނުކޮށް ކަމާބެހޭ ފަރާތަށް، 1412އަށް ރިޕޯޓް ކުރަން ޖެހޭނެ ކަމެވެ.

އެންމެ މޮޅު ދިހަ ވީޑިއޯގެ ތެރޭގައި ވެސް ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިތުރު ވީޑިއޯއެއް ވެސް ހިމެނުނެވެ.

ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލީޑިންގ ޓީޗަރު ރަހައްވާ މީޒާ ވިދާޅުވީ، މުބާރާތުގައި ބައިވެރިވުމަށް އެ ސްކޫލުން ދަރިވަރުންނަށް ހުޅުވާލުމުން 18 ވީޑިއޯ ލިބުނު ކަމަށެވެ. އޭގެ ތެރެއިން ހޮވާ ލެވުނު ފަސް ވީޑިއޯ އެޗްއާރުސީއެމްއަށް ހުށަހެޅުމުން، އެންމެ މޮޅު ދިހަ ވީޑިއޯގެ ތެރޭގައި އެ ސްކޫލްގެ ދެ ވީޑިއޯ ހިމެނުނު ކަމަށެވެ.

" އަޅުގަނޑުމެން އުއްމީދު ކުރިން ދެ ވީޑިއޯ، އެންމެ މޮޅު ތިން ވީޑިއޯގެ ތެރޭގައި ހިމެނޭނެ ކަމަށް"

މީޒާ ވިދާޅުވީ، ވީޑިއޯތަކުން ފެންނަނީ ދަރިވަރުންގެ މަސައްކަތް ކަމަށާއި، އެ މަސައްކަތް ދަރިވަރުން ނިންމީ ފަސް ދުވަހުގެ ތެރޭގައި ކަމަށެވެ.

" ކުދިންގެ ޚިޔާލާއި މަސައްކަތް އެއީ" މީޒާ ވިދާޅުވިއެވެ.

ދެ ވަނަ ހޯދީ ދެވަނަ، ޖަލާލުއްދީން ސްކޫލުންނެވެ. އެ ސްކޫލުން ވޫޑިއޯ ހުށަހެޅީ، އައިޝަތު ނަދާ އަބްދުﷲ، އަލްމާސް އަނާމް، ނަސްފާ އިބްރާހިމް، އާމިނަތު ސުމާ ޖަމީލް އައިޝަތު އައިނީ އަބްދުއްސައްތާރެވެ.

ޖަލާލުއްދީން ސްކޫލުން ހުށަހެޅި ވިޑިއޯއިން ދިން މެސަޖަކީ ކުޑަ ފިޔަވަޅަކުން ވެސް މައުސޫމް ފުރާނައެއްގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށެވެ. ބޭނުން ވަނީ މުޖްތަމަޢުގެ އެއްބާރުލުމެވެ.

ތިން ވަނައަށް ދިޔައީ އަފީފުއްދީން ސްކޫލެވެ. އެ ސްކޫލުން ވީޑިއޯ ހުށަހެޅީ އަރީފު އާދަނެވެ.

މި މުބާރާތަކީ، ކުޑަކުދިންނަށް ކުރާ އެކިއެކި އަނިޔާތައް ހުއްޓުވުމަށް އާންމުންނާއި ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުވުމުގެ މަޤްސަދުގައި ބޭއްވި މުބާރާތެކެވެ. މުބާރާތް ކުރިއަށް ގެންދަނީ އެޗްއާރުސީއެމާއި އެޑްވަކޭޓިން ފޯރ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާރކް) އާ ގުޅިގެންނެވެ.

ގުރޭޑް 7ން 10 ގެ ދަރިވަރުންނަށް ހުޅުވާލި މި މުބާރާތަށް 18 ސްކޫލަކުން 38 ވީޑިއޯ ހުށައެޅިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *