ފުނަދޫ ސްކޫލްގެ ޔުނިޓީ "ރީޑިންގ ޕާކު" މާދަމާ ހުޅުވަނީ

ޔުނިޓީ ސްޕޯޓްސް އެކަޑެމީން ށ. ފުނަދޫ ސްކޫލްގައި ހަދާ ރީޑީންގ ޕާކު، މާދަމާ ހުޅުވަން ނިންމައިފިއެވެ.

މިއީ އަތޮޅު ކައުންސިލުގެ މާލީ އެހީތެރިކަމާއެކު އެރަށު ޔުނިޓީ ސްޕޯޓްސް އެކެޑަމީން ހުޅުވާ ޕާކެކެވެ. ޕާކް ހުޅުވަން ކުރިން ތާވަލު ކުރީ، އެ ޖަމިއްޔާގެ އަހަރީ ދުވަހުއެވެ. އެއީ މި މަހުގެ 24އެވެ. މޫސުން ތަން ނުދިނުމުން އެ ދުވަހަށް ޕާކުގެ މަސައްކަތް ނިންމާ ނުލެވުނު ކަމަށް ޔުނިޓީ ސްޕޯޓްސް އެކެޑަމީން ބުނެއެވެ

ޔުނިޓީ ސްޕޯޓްސް އެކަޑެމީން ހެދި ޕާކް މިހާރު ވަނީ ނިންމާފައި. މިހާރު ދަނީ ޕާކްތައް ހުޅުވަން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން: ފޮޓޯ: އަދަމް ޝަރީފް

" އަހަރީ ދުވަހަށް ނިންމަން މަސައްކަތް ކުރިން. މޫސުން ތަން ނުދީގެން ހަތަރު ދުވަހު މަސައްކަތް ކުރިއަށް ނުގެންދެވި ދިޔައީ. އެހެން ނޫންނަމަ އަހަރީ ދުވަހަށް ހުޅުވުނީސް" ޔުނިޓީ ސްޕޯޓްސް އެކެޑަމީގެ ނާއިބް ރައީސް ހުސައިން އަރީފު ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

 

ރީޑިންގ ޕާކު ހެދުމަށް އެ ޖަމިއްޔާއިން ހުށަހެޅި ޕްރޮޕޯސަލަށް 75،000 ރުފިޔާގެ އެހީއެއް އަތޮޅު ކައުންސިލުން ދިނެވެ. އެއީ އެފަދަ މަސައްކަތަކަށް އެކަށީގެންވާ އަދަދަކަށް ނުވާތީ، އިތުރަށް ކުރަންޖެހުނު ޚަރަދުތައް ކުރީ އެ ޖަމިއްޔާގެ ބަޖެޓުންނެވެ. ޕާކުގެ މަސައްކަތް ނިމި، އެތަން ބޭނުން ކުރަން ފަށާއިރު، ގާތް ގަޑަކަށް ލައްކައެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށް ޔުނިޓީ ސްޕޯޓްސްއިން އަންދާޒާ ކުރެއެވެ.

" އަޅުގަނޑުމެންނަށް ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަން ވެސް ލިބިފައި ވަނީ. އެއީ މި މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިއުމަށް ލިބުނު ބާރެއް"

ޕާކުގެ ހެދުމުގެ މަސައްކަތް ކުރަނީ އެ ޖަމިއްޔާގެ މެމްބަރުންނެވެ.

ޔުނިޓީ ސްޕޯޓްސް އެކަޑެމީން ދަނީ ފުނަދޫގައި ކުޅިވަރަށް ޚާއްޞަ އެކެޑަމީއެއް ވެސް ހިންގަމުންނެވެ. މިހާރު ވެސް 160 ކުދިންނަށް އެ އެކެޑަމީން ދަނީ ޚިދުމަތް ދެމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *