ޖަލާލުއްދީން ސްކޫލްގެ އެންމެ މޮޅު ދަރިވަރުން: ސާނަވީން އައްފާން، މަތީ ސާނަވީސް އިބާ

ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ ފާއިތުވި އަހަރު އެންމެ މޮޅު ދަރިވަރުން މިރޭ ހޮވައިފިއެވެ. 2020/2021 ވަނަ އަހަރު، ސާނަވީން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޙަސަން އައްފާން އަލީއެވެ. މަތީ ސާނަވީން އެއްވަނަ ދަރިވަރަކަށް ހޮވުނީ އިބާ އާދަމެވެ.

އިބާ ވަނީ އޭ ލެވެލްގައި ހުރިހާ މާއްދާއިން އޭ ސްޓަރ ހޯދައިގެން ރައީސުލްޖުމުހޫރިއްޔާ ދެއްވާ ސްކޮލަރޝިޕްގެ ދަށުން ކިޔަވަމުންނެވެ. އިބާ ވަނީ ފިޒިކްސްއާއި ބައިލޮޖީން ދުނިޔެއިން ހަތަރުވަނައިގެ އިތުރުން އެޑެކްސެލް ގުރޭޑް އެވޯޑް ވެސް ހޯދާފައެވެ.

74 ދަރިވަރުން ސާނަވީ އިމްތިޙާނުގައި ބައިވެރިވިއިރު، 11 ދަރިވަރުން ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. 30 ދަރިވަރުން މަތީ ސާނަވީ އިމްތިޙާނުގައި ބައިވެރިވިއިރު 12 ދަރިވަރުން ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ.

ޖަލާލުއްދީން ސްކޫލްގައި ބޭއްވި އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަޞީރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *