މާޅެންދޫ ސްކޫލްގެ ޔުނީފޯމާއި ބެޖް 49 އަހަރަށްފަހު ބަދަލުކޮށްފި

ނ. މާޅެންދޫ ސްކޫލްގެ ޔުނީފޯމާއި ބެޖް 49 އަހަރަށްފަހު ބަދަލުކޮށްފިއެވެ. އެ ސްކޫލްގައި މިއަދު ވަނީ މިކަމަށް ޚާއްޞަ އެސަމްބްލީއެއް ބާއްވާފައެވެ.

އެ ސްކޫލްގެ ޔުނީފޯމްގެ ގޮތުގައި މިހާރު ބޭނުން ކުރަނީ ފެހި ކުލައެވެ. ފިރިހެން ކުދިންނާއި އަންހެން ކުދިން ވެސް މަޑު ފެހިކުލައިގެ ގަމީހާއެކު ބޭނުން ކުރާނީ ގަދަ ފެހި ކުލައިގެ ފަޓްލޫނެވެ.

މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލް ޔޫސުފު އާދަމް ދަރިވަރު ނޫހަށް ވިދާޅުވީ، ޔުނީފޯމާއި ބެޖަށް ބަދަލު ގެންނަން މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި، މިއަދު ބޭއްވީ އެ މަސައްކަތް ކާމިޔާބުވެ ފާހަގަކުރުމުގެ ރަސްމިއްޔާތު ކަމަށެވެ.

އޭނާ ވިދާޅުވީ ޔުނީފޯމާއި ބެޖަށް ބަދަލު ގެނައީ ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުމާ އެކުގައެވެ.

" 49 އަހަރަށްފަހު މި ބަދަލު މި ގެނައީ. ބެލެނިވެރިން ވެސް ބޭނުން ވެގެން މި ބަދަލު ގެނައީ" ޔޫސުފު ވިދާޅުވިއެވެ.

194 ދަރިވަރުން ކިޔަވަމުންދާ މާޅެންދޫ ސްކޫލަށް 50 އަހަރު އަންނަ ފެބުރުއަރީ މަހުގެ ހަ ވަނަ ދުވަހު ފުރޭނެއެވެ.

އެ ސްކޫލުގައި ޔުނީފޯމް ޙަރަކާތްތައް ފެށީ ވެސް މި އަހަރުއެވެ. އަލަށް ފެށި ސްކައުޓް ހަރަކާތުގައި މިހާތަނަށް 35 ދަރިވަރުން ވަނީ ހުވާ ކޮށްފައެވެ. އިތުރު ދަރިވަރުން ތަކެއް ހުވާކުރަން ތައްޔާރު ވަމުންދާއިރު، ޖުމްލަ ސްކައުޓުންގެ އަދަދު 53އަށް އަރާނެ ކަމަށް މާޅެންދޫ ސްކޫލުން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *