ފުވައްމުލައް ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ގުޅިގެން ކުރިޔަށްގެންދިޔަ އެސްޓީއޯ ފުވައްމުލައް ސިޓީ ކައުންސިލް މަދަޙަ މުބާރާތުން އެއް ވަނަ ސްކޫލުގެ މަޤާމް ޏ. އަތޮޅު ތަޢުލީމީ މަރުކަޒު ހޯދައިފިއެވެ. ދެވަނަ ހޯދީ ޙާފިޒު އަޙުމަދު ސްކޫލުންނެވެ. ތިންވަނަ ހޯދީ މުޙައްމަދު ޖަމާލުއްދީން ސްކޫލުންނެވެ.
މުޅި މުބާރާތުން އެއްވަނަ ދެ ވަނަ ތިން ވަނަ ހޯދީވެސް ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނެވެ. އެ މަރުކަޒުގެ އާމިނަތު އައިނީ އަޙުމަދު މުޅި މުބާރާތުން އެއްވަނަ، އަދި ވަނީ ސޯޅަ އަހަރުން ދަށުގެ ބައިން ވެސް އެއްވަނަ ހޯދިއެވެ. މުބާރާތުން ދެ ވަނަ ހޯދީ ފާތިމަތު އިމްތިސާލް ޝަރަފުއްދީނެވެ. އިމްސާލް ވަނީ 19 އަހަރުންދަށުގެ ބައިން ވެސް އެއް ވަނަ ހޯދާފައެވެ. ތިން ވަނަ ހޯދީ ޢާއިޝަތު ޝައިސްތާ މަސްޢޫދެވެ. އޭނާ ވަނީ 19 އަހަރުން ދަށުގެ ބައިން ދެ ވަނަ ވެސް ހޯދާފައެވެ.
އެއްވަނަ ހޯދި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުން ވަނީ، ޤްރޫޕް މަދަހައިން ވެސް އެއް ވަނަ ހޯދާފައެވެ. އެ ބައިން ދެވަނަ ހޯދީ ޙާފިޒު އަޙުމަދު ސްކޫލުންނެވެ. ތިންވަނަ ހޯދީ މުޙައްމަދު ޖަމާލުއްދީން ސްކޫލުންނެވެ.
މިއީ މި މުބާރާތް ފުވައްމުލައް ސިޓީ ކައުންސިލުން ބާއްވާ ހަތަރު ވަނަ ފަހަރެއެވެ. މިފަހަރު، ހަ ޢުމުރު ފުރައަކުން 146 ދަރިވަރުން ހަތް ސްކޫލަކުން ބައިވެރިވިއެވެ.
advertisment
ހިޔާލު