އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ދަތިކަން ހުންނަ ކުދިންނަށް ޚާއްޞަ ކޭމްޕެއް ހދ އަތޮޅުގައި ބާއްވައިފި

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން އެ އެސޯސިއޭޝަނުން ހދ. އަތޮޅުގައި ސްޕީޗް އެންޑް ހިއަރިންގ ކޭމްޕެއް ބާއްވައިފިއެވެ.

މި މަހު ސޯޅައިން ވިއްސަށް ކުރިއަށް ގެންދިޔަ މި ކޭމްޕްގައި، އިންޓަނޭޝަނަލް ސްޕީޗް ތެރަޕިސްޓެއްގެ އެހީގައި، އެފަދަ ކުދިންގެ އިންޑިވިޖުއަލް އެސެސްމަންޓްތަކާއި އޯޑިއޯމެޓްރިކް ޓެސްޓްތައް ވަނީ ހަދާފައެވެ. މި ޓެސްޓް 90 އަށްވުރެ ގިނަ ކުދިންގެ ވަނީ ހަދާފައެވެ.

ނޮޅިވަރަންފަރާއި  ނޮޅިވަރަމް އަދި ކުޅުދުއްފުށި ސިޓީގައި ތިބި ނުކުޅެދުންތެރިކަން ހުރި ކުދިންނަށް ސްޕީޗް ތެރަޕިސްޓު ވަނީ ނޮޅިވަރަންފަރުގައި ދެ ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

އަދި ސްޕެޝަލް އެޑިއުކޭޝަން އެހީއަށް ބޭނުންވާ 70 އަށްވުރެ ގިނަ ޓީޗަރުންނާއި ފައުންޑޭޝަން ސްޓޭޖް ޓީޗަރުންނަށް ވެސް ވަނީ މައުލޫމާތު ދީފައެވެ. މި ސެޝަންތަކުގައި ބައިވެރިވީ، ނޮޅިވަރަމްފަރު ސްކޫލާއި ނޮޅިވަރަމް ސްކޫލާއި ހދ އަތޮޅު ތައުލީމީ މަރުކަޒާއި ކުޅުދުއްފުށި ސިޓީގެ އަފީފުފުއްދީނާއި ޖަލާލުއްދީނެވެ.

މުދައްރިސުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސެޝަންތަކުގައ ކުރިއަށް ގެންދިޔައީ، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނާއެކު މަސައްކަތްކުރުވުމާއި، ވާހަކަދެއްކުމާއި ވާހަކަ ދެއްކުން ރަނގަޅުކުރުމާއި، މުވާސަލާތީ ގޮންޖެހުންތައް ކުޑަކުރުމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *