ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ ތަންތަނުގެ އޮޑިޓެއް މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީން ހަދަން ފަށައިފިއެވެ.
މި އޮޑިޓް ހަދަމުން ދަނީ، ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގެ އިތުރުން ހަތަރު ކޮލެޖަކާއި ތިން އިންސްޓިޓިއުޓްގެއެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން، ޕީއެސްއެމް ނިވްސްގެ ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ހިލޭ ޑިގްރީއާ އެކު މަތީ ތަޢުލީމު ނިންމާ ދަރިވަރުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި ލިބޭ ސަނަދަށް ވަޒީފާދޭ ފަރާތުން ބަލާއިރު، ދަރިވަރުންނަށް ފޯރުކޮށްދޭ ތަޢުލީމްގެ ފެންވަރު ކަށަވަރު ކުރަންޖެހޭ ކަމަށެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ، ފޯރުކޮށްދޭ ތަޢުލީމާއި ނިޒާމަށް އަމަލުކުރާ މިންވަރާއި އިލްމީ ދިރާސާ ކުރާ މިންވަރާއި ކިޔަވައިދެއްވާ މުދައްރިސުންގެ ފެންވަރާއި ކޮލިފިކޭޝަން ފަދަ މުހިންމު ކަންތައްތަކަށް މި އޮޑިޓްގެ ތެރެއިން ބަލާނެ ކަމަށެވެ.
" އުނގަންނައިދޭ މިންވަރާއި އުނގެނޭ މިންވަރު ވެސް މި އޮޑިޓްގެ ތެރެއިން ބަލާނަން" ޑރ އިބްރާހިމް ހަސަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހިލޭ ކިޔެވުމުގެ ފުރުޞަތު ތަކާއި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ބޮޑު ތަނުން އިތުރުކޮށްދެވިފައިވާ ކަމަށެވެ.
ހިލޭ ޑިގްރީގެ ދަށުން މިހާތަނަށް 15،000 މީހަކަށް ދަރިވަރަކަށް ވަނީ ފުރުޞަތު ދީފައެވެ.
advertisment
ހިޔާލު