ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯގެ ސްކޮލަރޝިޕް ތަކަށް ހޮވުނު ފަރާތްތައް އިއުލާންކޮށްފި

ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ހުރި ދާއިރާތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ "ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022″ ގެ ސްކޮލަރޝިޕްތަކަށް ހޮވުނު ފަރާތްތައް އިއުލާންކޮށްފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ދެ ދުވަހަށް ބޭއްވި މި އެކްސްޕޯ ނިންމާލީ ރޭ ގައެވެ.

މެލޭޝިއާއިން ކަލިނަރީ އާޓްސްގެ ދާއިރާއިން ޑިޕްލޮމާއަށް ކިޔެވުމުގެ ފުރުޞަތު ލިބުނީ، އާމިނަތު ޝާފިޔާއަށެވެ. ޖޯޑަންއިން އެއާކްރަފްޓް މެއިންޓެނެންސް ދާއިރާއިން ޑިޕްލޮމާ ކިޔެވުމުގެ ފުރުސަތު ލިބިލެއްވީ ޔޫސުފް އިޔާދު އަހުމަދަށެވެ. ސްޕެއިންގެ ބާސެލޯނާއިން ޕައިލެޓްކަން ކިޔެވުމުގެ ފުރުސަތު ލިބުނީ އަހުމަދު ޒަހީނަށެވެ. ޑިޕްލޮމާއިން އިންޓީރިއާ ޑިޒައިން ކިޔެވުމުގެ ފުރުސަތު ލިބުނީ އިބްރާހިމް ވިޝާލްއަށެވެ.

މި އެކްސްޕޯ ކުރިއަށް ގެންދިޔައީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެންނެވެ. މި އެކްސްޕޯގައި 30 ސްޓޯލް ހިމެނެއެވެ.

މި އެކްސްޕޯގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ޙާއްސަކޮށް ޒުވާނުން މަތީ ތަޢުލީމާއި ވޮކޭޝަނަލް އެޑިއުކޭޝަންގެ ދާއިރާއިން ރާއްޖޭން ލިބެންހުރި ފުރުޞަތުތަކުގެ މަޢުލޫމާތުތަކަށް އަހުލުވެރިކޮށް އެކަމަށް ޒުވާނުންގެ ޝައުޤުވެރިކަން އުފައްދައި، ޓިވެޓުގެ ދާއިރާއިން ތަޢުލީމު ޙާޞިލުކުރުމުން ލިބެންހުރި ވަޒީފާގެ ފުރުޞަތުތަކަށް އަހުލުވެރިކުރުވުން ހިމެނެއެވެ. އަދި މަސައްކަތުގެ ބާޒާރަށް ބޭނުންވާ ހުނަރުވެރިން ތަމްރީނުކުރުމުގެ ގޮތުން އެކި ދާއިރާތަކުން ތަޢުލީމާއި ތަމްރީނު ފުރުޞަތުތަކަށް ޒުވާނުން ހޭލުންތެރިކުރުވުންވެސް މި އެކްސްޕޯގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *