އެމްއެންޔޫއިން އިންތިޒާމްކުރި ފަތުރުވެރި ކަމުގެ ރަން 50 ހިނގާލުން ބާއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމްކުރި ފަތުރުވެރި ކަމުގެ ރަން 50 ހިނގާލުން މިއަދު ބާއްވައިފިއެވެ.

މި ހނގާލުން ޝަރަފުވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުޞޫމެވެ.

އެ ޔުނިވަރސިޓީގެ ދޮރުމަތިން ފެށި ހިނގާލުން ނިންމާލީ ސޯޝަލް ސެންޓަރުންނެވެ. " ޓޫރިޒަމް ޖުބުލީ ވޯކް" ގެ ނަމުގައި މި ހިނގާލުން އިންތިޒާމް ކުރީ، އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަރލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްއިންނެވެ.

މި ހިނގާލުމުގައި އެ ޔުނިވަރސިޓީގެ ދަރިވަރުންގެ އިތުރުން މާލޭގެ 21 ސްކޫލެއްގެ ދަރިވަރުންނާއި ފަތުރުވެރިކަމާ ގުޅުން ހުރި ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ބައިވެރިވިއެވެ. އަދި ކޮލެޖްތަކާއި ޔުނިވަރސިޓީގެ އެހާރާއި މިހާރުގެ ދަރިވަރުންނާއި މުވައްޒަފުން ބައިވެރިވިއެވެ.

މުނިފޫހި ފިލުވައިދިނުމުގެ އައިޓަމްތަކާއެކު ހިނގާލުން ކުރިއަށް ދިޔައިރު، ފަންސާސް އަހަރުވީ ފަތުރުވެރިކަމުގެ ތާރީޚާއި އެ ދާއިރާގައި ހުރި ވަޒީފާގެ ފުރސަތުތަކާއި ދެމެހެއްޓެނިވި ގޮތުގައި ފަތުވެރިކަން ކުރިއަރައިން ދިޔަ ގޮތާއި، އެ ދާއިރާގެ ކާމިޔާބީ ފަދަ އެތައް ވާހަކަތަކެއް މި ހިނގައިލުމުގައި ވަނީ ހުށަހަޅާދީފައެވެ.

ޑެޕިއުޓީ ޗާންސެލާ ޑރ. މުހައްމަދު ޝަރީފު  ވިދާޅުވީ، ޓޫރިޒަމްގެ ދާއިރާއަށް އެ ޔުނިވަރސިޓީން ކިޔަވާ ދަރިވަރުންނަށް ދެވޭ ސެޓްފިކެޓަކީ ދުނިޔެ ބަލައިގަންނަ ސެޓްފިކެޓަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހިނގާލުން ނިންމާލައި، 50 އަހަރުގެ ރަން ޔޫބީލް ކޭކު ވަނީ ފަޅާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *