ރީ ޗެކް ކުރުމުން، ޖަލާލުއްދީނުގެ ދެ ދަރިވަރުން އެއްވަނައަށް

މި އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގެ ނަތީޖާ ރީ ޗެކް ކުރުމުން ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ ދެ ދަރިވަރުން ޤައުމީ ގަދަ ދިހައެއްގެ އެއްވަނައށް އަރައިފިއެވެ.

ކުރިން ދެވަނަ މަޤާމް ކަށަވަރު ކުރި، އަހުމަދު ޔާސީން އިބްރާހިމާއި މަރިޔަމް މަނާލް މަމްދޫހަށް އަށް އޭ ސްޓަރ ލިބުނީ، ރީ ޗެކް ކުރުމުން ދިވެހިން އޭ ސްޓަރ ލިބުމުންނެވެ.

ޤައުމީ ގަދަ ދިހައެއްގައި ޖަލާލުއްދީން ސްކޫލްގެ 13 ދަރިވަރުން ހިމެނުނެވެ.

ހަ އޭ ސްޓަރއާއި ދެ އޭ ހޯދައިން ތިންވަނައިގައި ހިމެނުނީ، މުޙައްމަދު އައިމަން އާދަމާއި މުޙައްމަދު ސާއިން މޫސާއެވެ. ފަސްވަނައިގައި ހިމެނުނީ އިބްރާހިމް މާހިލް އަބަދުﷲއެވެ. ހަ ވަނައިގައި ހިމެނުނީ އީނާސް އަހުމަދާއި މަރިޔަމް ރައުޝާ އިބްރާހިމެވެ. ހަތް ވަނައިގައި ހިމެނުނީ ޒަޔާން މުޙައްމަދެވެ. އަށެއްގައި މުޙައްމަދު ސިޔާހު ހިމެނުނުއިރު، އަލީ އަމިން މުޙައްމަދާއި ޒީޝާން އަބްދުލް ވައްހާބު ހިމެނުނީ ނުވަ ވަނައިގައެވެ. މުހައްމަދު ފައިޒަން ފާރިޝްއާއި ރީޝާން އިބްރާހިމް ހިމެނުނީ ދިހަ ވަނައިގައެވެ.

ޖަލާލުއްދީން ސްކޫލުން ބުނީ މި ނަތީޖާއަކީ އެ ސްކޫލްގެ ތާރޫޚުގައި ވެސް ލިބުނު އެންމެ ރަނގަޅު ނަތީޖާ ކަމަށެވެ.

ޖަލާލުއްދީނުގައި 750 އެއްހާ ދަރިވަރުން އޭލެވެލްއާ ހަމައަށް ކިޔަވައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *