ޒޯން އެކެއްގެ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަފީފުއްދީނުން ހޯދައިފިއެވެ. މިރޭ ކުމުންދޫ ސްކޫލާ ބައްދަލުކޮށް އަފީފުއްދީނުން ތަށި ގެންދިޔައީ ވަރަށް ވާދަވެރި ކުޅުމަކަށްފަހު، 19-20 އިންނެވެ. ފައިނަލް މެޗްގެ ވުމެން އޮފް ދަ މެޗަކަށް ހޮވުނީ އަފީފުއްދީން ސްކޫލްގެ އައިޝަތު ހަނާން ޙައްސާނެވެ.
ޒޯން އެކެއްގެ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތުގެ 13 އަހަރު ދަށުގެ ޗެމްޕިއަންކަން ވެސް ހޯދީ އަފީފުއްދީނުންނެވެ. މިއަދު ހަވީރު ކުޅުނު މެޗް ޖަލާލުއްދީނުގެ މައްޗަށް އަފީފުއްދީނުން ކާމިޔާބު ހޯދީ ތަފާތު ބޮޑުކޮށް 2-20 ގެ ނަތީޖާއަކުންނެވެ.

15 އަހަރުން ދަށުގެ ބައިގައި ހަ ޓީމަކުން ބައިވެރިވިއެވެ. މު ބާރާތް ކުރިއަށް ގެންދިޔައީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަފީފުއްދީން ފައިނަލަށް ދިޔައީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.
15 އަހަރުން ދަށުގެ ބައިގައި ބައިވެރިވެފައި ވަނީ، ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި، ޖަލާލުއްދީނާއި ނޮޅިވަރަމް ސްކޫލާއި، ނެއްލައިދޫ ސްކޫލްގެ އިތުރުން ފައިނަލްގައި ކުޅުނު ކުމުންދޫ ސްކޫލާއި އަފީފުއްދީނެވެ.
މާދަމާ ހަވީރު ކުޅޭނީ 17 އަހަރުން ދަށުގެ ފައިނަލެވެ. ބައްދަލު ކުރާނީ އަފީފުއްދީނާއި ޖަލާލުއްދީނެވެ.
advertisment
ހިޔާލު