ކުދިންނަށް ދިމާވާ މައްސަލަތައް ދެނެގަނެ އެކަންތައްތައް ޙައްލު ކުރާނެ ގޮތްތައް ދެނެގަތުމަށް "ކުދިންގެ ރައްކާތެރިކަމަށް- ރަށު ސައްލާގެ ނަމުގައި ޕްރޮގްރާމެއް އދ. އޮމަދޫގައި ބާއްވައިފިއެވެ. މިއީ ފެމިލީ ޕްރޮޓެކްޝަން ސަރވިސްއާއި އޮމަދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މިމަހު 4ން 6އަށް ގެންދިޔަ މި ޕްރޮގްރާމުގައި އެރަށު ސްކޫލްގެ ދަރިވަރުން ބައިވެރިކޮށް، އެ ކުދިންނަށް ދިމާވާ މައްސަލަތައް ދެނެގަނެވުނު ކަމަށް ފެމިލީ ޕްރޮޓެކްޝަން ސަރވިސް ބުނެއެވެ.

ދަރިވަރުން ފާހަގަ ކުރި ކަންތައްތައް ޙައްލުކުރުމަށް އެކްޝަން ޕްލޭނެއް ވަނީ ތައްޔާރު ކޮށްފައެވެ. އެ ޕޭލްން ތައްޔާރު ކުރީ ދަރިވަރުންނާއެކު ކުރިއަށް ގެންދިޔަ ކޮންސަލްޓޭޝަން ސެޝަންތަކަށް ފަހުއެވެ.
އެ ޕްލޭން ތަންފީޒު ކުރަމުގެ މަސައްކަތް ކުރިއަށް ގެންދާނީ އޮމާދު ކައުންސިލުންނެވެ.
advertisment
ހިޔާލު