ސްކައުޓް އެސޯސިއޭޝަންގެ މެނޭޖްމަންޓް ހަރުދަނާކޮށް، އެގްޒެކެޓިވް ކޮމިޓީގެ ބައެއް މަޤާމް ތަކަށް ހުޅުވާލައިފި

ސްކައުޓް އެސޯސިއޭޝަންގެ މެނޭޖްމަންޓް ހަރުދަނާކޮށް، އެގްޒެކެޓިވް ކޮމިޓީގެ ބައެއް މަޤާމްތަކަށް ހުޅުވާލައިފިއެވެ.

އެ އެސޯސިއޭޝަނުން ބުނީ، މެނޭޖްމަންޓް އޯގަނައިޒޭޝަން އެންޑް ފަންކްޝަނަލް ސްޓްރަކްޗަރ މިހާރު އެކުލަވައިލެވި، ނެޝަނަލް ސްކައުޓް ކައުންސިލުން ފާސްކޮށްދީފައިވާ ކަމަށެވެ. މި ސްޓްރަކްޗަރާ އެއްގޮތަށް ސްކައުޓް އެސޯސިއޭޝަންގެ މެނޭޖްމަންޓް ހަރުދަނާކޮށް، ސްކައުޓް އެގްޒެކެޓިވް ކޮމެޓީގައި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ މަޤާމްތަކަށް ކުރިމަތިލާން ހުޅުވާލާފައެވެ.

ސްކައުޓް އެސޯސިއޭޝަނުން ހުޅުވާލީ:

  1. ނެޝަނަން ކޮމިޝަނަރ ފޮރ ފައިނޭންސް
  2. ނެޝަނަލް ކޮމިޝަނަރ ފޮރ ފިޒިކަލް ރިސޯސް މަނޭޖްމަންޓް
  3. ނެޝަނަލް ކޮމިޝަނަރ ފޮރ ޗައިލްޑް ޕްރޮޓެކްޝަން އެންޑް ސޭފްގާރޑްސް
  4. ނެޝަނަލް ކޮމިޝަނަރ ފޮރ ސްކައުޓިންގް އިން އަޓޯލްސް
  5. ނެޝަނަލް ކޮމިޝަނަރ ފޮރ ބިޒްނަސް ޑިވަލޮޕްމަންޓް އެންޑް ރިސޯސް މޮބިލައިޒޭޝަން
  6. ނެޝަނަލް ކޮމިޝަނަރ ފޮރ ޕަބްލިކް ރިލޭޝަންސް
  7. ނެޝަނަލް ކޮމިޝަނަރ ފޮރ ޓެކްނޮލޮޖީ އެންޑް ޑިޖިޓައިޒޭޝަން،

މި ހަތް މަޤާމަށެވެ.

މި މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުޠެއް ކަމަށް ބުނީ، އުމުރުން 18 އަހަރު ފުރިފައިވުމާއި،  ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެނޭޖްމަންޓް އޯގަނައިޒޭޝަން އެންޑް ފަންކްޝަނަލް ސްޓްރަކްޗަރގައި ބަޔާން ކޮށްފައިވާ މަސައްކަތާއި ޒިންމާތައް އަދާ ކުރެވޭނެ ފަރާތަކަށް ވުން އަދި މަޤާމާއި ގުޅޭ "ކޮންޕީޓަންސީ" ހުރި ފަރާތަކަށް ވުމެވެ.

އަދި މަޤާމުގެ މައްސޫލިއްޔަތު އަދާކުރުމުގައި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެނޭޖްމަންޓް އޯގަނައިޒޭޝަން އެންޑް ފަންކްޝަނަލް ސްޓްރަކްޗާރގައި ބަޔާން ކުރެވިފައިވާ "މެނޭޖްމަންޓް ޕްރިންސިޕަލްސް" އާއި "މެނޭޖްމަންޓް އެތިކްސް" އާއި އެއްގޮތަށް މަސައްކަތް ކުރެވޭނެ ފަރާތަކަށް ވުމެވެ.

މެނޭޖްމަންޓުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުގައި ހުންނަންޖެހޭ "ކޯ ކޮންޕީޓަންސީ" ހުރި ފަރާތަކަށް ވާން ޖެހޭނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.

މި މަގާމުތަކުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން  "އިންޓްރަސްޓް އޮފް ސާރވިސް" އޮންލައިން ފޯރމް މެދުވެރިކޮށް 20 ނޮވެންބަރު 2022ގެ 14:00ގެ ކުރިން އެކަން އެންގުމަށް އެ އެސޯސިއޭޝަނުން އެދެއެވެ.

ހުށައެޅޭ ފަރާތްތަކުގެ މައުލޫމާތަށް ބަލާ، ސްކައުޓް އެގްޒެކެޓިވް ކޮމެޓީއަށް ގެންނަން ފެންނަ ފަރާތްތަކުގެ ނަންތައް ކަނޑައަޅާ ނެޝަނަލް ސްކައުޓް ކައުންސިލަށް ހުށައަޅާނީ އެސޯސިއޭޝަންގެ ހިންގާ ޤަވައިދާއި އެއްގޮތަށް ޗީފް ކޮމިޝަނަރު ކަމަށް ވެސް ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *