ނުވަ ދާއިރާއަކުން 58 ކޯހަށް އިސްލާމީ ޔުނިވަރސިޓީން ހުޅުވާލައިފި

އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރއަށް ނުވަ ދާއިރާއަކުން 58 ކޯހަށް އިސްލާމީ ޔުނިވަރސިޓީން ހުޅުވާލައިފިއެވެ.

އެ ޔުނިވަރސިޓީން އަންނަ އަހަރު ކޯސްތައް ފަށަނީ،

  • އެޑިޔުކޭޝަން،
  • ޝަރީޢާ އެންޑް ލޯ،
  • ފައިނޭންސް، އެކައުންޓިންގ،
  • ފިޤްހް،
  • ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން،
  • ޖަރނަލިޒަމް،
  • އިސްލާމިކް ސްޓަޑީޒް،
  • ޤުރްއާން އަދި
  • ލޭންގްއޭޖް ގެ އެކި ކޯސްތައް ހިމެނެއެވެ.

އިސްލާމީ ޔުނިވަރސިޓީން ބުނީ، 2023 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި އައިޔޫއެމްގެ ކޯސްތައް، ފުވައްމުލަކު ސިޓީއާއި، ލ. ފޮނަދޫއާއި، ހދ. ހަނިމާދޫ، ޅ. ނައިފަރުގެ އިތުރުން ސ. މީދޫގައި ޤާއިމު ކުރެވިފައިވާ އައިޔޫއެމްގެ ލާރނިންގ ސެންޓަރުގައި ކޯސްތައް ކުރިއަށްދާނެ ކަމަށެވެ.

އިސްލާމީ ޔުނިވަރސިޓީން ހިންގާ ލާރނިންގ ސެންޓަރ ތަކުގައި ހިންގާ ޑިގްރީ ފެންވަރުގެ ހުރިހާ ކޯސްތަކަކީ ޓިއުޝަންފީ ހިލޭ ކޯސްތަކެވެ. މި ކޯސްތަކަށް އަންނަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ. ކޯސްތަކުގެ އެޕްލިކޭޝަންތައް އެ ޔުނިވަރސިޓީން އަތޮޅުތަކުގައި ޤާއުމް ކޮށްފައިވާ ޓެެރެއިނިންގ ސެންޓަރު ތަކުން ބަލައިގަންނާނެ އެވެ.

މި ކޯސްތަކާ ބެހޭ މައުލޫމާތާއި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުންނާއި ޔުނިވަރސިޓީގެ ވެބްސައިޓް  www.ium.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3022120 އަދި 7923247 ނަންބަރާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ ކަމަށް އިސްލާމީ ޔުނިވަރސިޓިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *