ވަޒީފާގެ ފަހި ފުރުޞަތު ތަކާއެކު އެމްއެންޔޫގެ ޖޮބް ފެސްޓިވަލް މިއަދު ފަށައިފިއެވެ. މި ފެސްޓިވަލް މާލޭގެ އިތުރުން އެ ޔުނިވަރސިޓީގެ ކެމްޕަސްތަކުގައި ވެސް ކުރިއަށް ގެންދެއެވެ. މި ފެސްޓިވަލް އިފްތިތާޙުކޮށް ދެއްވީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.
މި ފެސްޓިވަލުގައި 64 ފަރާތަކުން ބައިވެރިވާ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މާލެއާއި އަތޮޅުތެރޭގައިވާ ކެމްޕަސްތަކުގައި، މިއަދާއި މާދަމާގެ، ހަވީރު 4ން 10އަށް މި ފެސްޓިވަލް ކުރިއަށް ގެންދާނެއެވެ.
އައްޑޫ ހިތަދޫ ކެމްޕަހުގައި ކުރިއަށްދާ ފެސްޓިވަލް އިފްތިތާޙުކޮށް ދެއްވީ އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރެވެ. ކުޅުދުއްފުށީ ސިޓީ ކެމްޕަހުގައި ކުރިއަށްދާ ފެސްޓިވަލް އިފްތިތާޙުކޮށް ދެއްވީ އެ ސިޓީގެ މޭޔަރުއެވެ.

ކުޅުދުއްފުށީ ކެމްޕަހުގައި އެމްއެންޔޫ ފަހި ފުރުސަތު ޖޮބް ފެސްޓިވަލް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މިހާރު ވަނީ ހުޅުވައިލައިފަ އެވެ. ކުޅުދުއްފުށީ ކެމްޕަހުގައި ކުރިއަށްދާ ޖޮބް ފެސްޓިވަލުގައި، ފެއާމޮންޓް މޯލްޑިވްސް ސިރު ފެން ފުށި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ސްޓޯލްތައް ހިމެނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ވަޒީފާ މައުރަޒަކީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާޢިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާއި ގުޅުވާލަދޭ ބާޒާރެކެވެ.
advertisment
ހިޔާލު