ތަޢުލީމީ ގުޅުމުގެ ފަރާތުން މާލޭގެ ސަރަޙައްދުގައި ހިމެނޭ ސްކޫލްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަމީނިއްޔާ ސްކޫލުން ހޯދައިފިއެވެ. ހިރިޔާ ސްކޫލާ ވާދަކޮށް އެ ސްކޫލުން ޗެމްޕިއަންކަން ހޯދީ 8-9 ލަނޑުގެ ތަފާތަކުންނެވެ.

މި ރޭ ކުޅުނު ފައިނަލް މެޗްގެ ކްއީން އޮފް ދަ މެޗަކަށް ހޮވުނީ 12 ނަމްބަރު ޖޯޒީގައި ކުޅުނު، އަމީނިއްޔާ ސްކޫލްގެ މަރިޔަމް މަނާލެވެ. މަނާލް ވަނީ މި މުބާރާތުގައި 26 ލަނޑުޖަހައިގެން އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ.
މެޗް ނިމެން ކައިރިވެފައި ވަނިކޮށް ބޮޑު ތަފާތަކުން އަމީނިއްޔާ ކުރީގައި އޮތް ނަމަވެސް ފަހަތުން އަރައި އެންމެ ޕޮއިންޓަކަށް ކައިރި ކުރުމުގައި ހިރިޔާގެ ފާތިމަތު މާއިޝާ މުހިންމު ރޯލެއް ކުޅުނެވެ.
ޓީޖީ ކަޕް ހޭންޑް ބޯޅަ މުބާރާތުގައި 20 ޓީމެއް ބައިވެރިވިއެވެ. މި މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ އިމާދުއްދީން ސްކޫލެވެ.
މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިން:
ފާތިމަތު މާއިޝާ ޖޯރީ ނަމްވަރު 13، ހިރިޔާ ސްކޫލް
މަރިޔަމް މަނާލް، ޖޯޒީ ނަމްބަރު 12، އަމީނިއްޔާ ސްކޫލް
ފާތިމަތު ސާދާ ޖޯޒީނަމްބަރު 17 ތާޖުއްދީން ސްކޫލް
އައިޝަތު ނާޒިމާ، ޖޯޒީ ނަމްބަރު 5 ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް
އައިޝަތު ޝަބާ ސަލީމް، ޖޯޒީ ނަމްބަރު 11، ތާޖުއްދީން ސްކޫލް
އަތިޔާ އަބްދުއްރަހީމް، ޖޯޒީ ނަމްބަރު 3 ، ބިލަބޮންގ ހައި ސްކޫލް
ފާތިމަތު ސަމްނާ، ޖޯޒީ ނަމްބަރު 17، ކެންގަރޫ ކިޑްސް
advertisment
ހިޔާލު