އަންނަ އަހަރުގެ ފެބުރުއަރީ މަހުފަށާ، ސެޓިފިކެޓް ލެވެލް 3 އިން މާސްޓާރ ޑިގްރީއާ ދެމެދުގެ 170 ކޯހަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހުޅުވާލައިފިއެވެ.
ހުޅުވާލި ކޯސްތަކުގެ މައުލޫމާތު އެ ޔުނިވަރސިޓީގެ ވެބްސައިޓްގައި ވަނީ އާންމު ކޮށްފައެވެ. މި ކޯސްތަކަށް ވަންނަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 26 ޖެނުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.
އެމްއެންޔޫއިން ބުނީ، ކޯސްތަކަށް އެދި ފޯމު ހުށަހަޅާއިރު ސެޓްފިކެޓް އެޓެސްޓް ނުކުރިޔަސް ފޯމު ބަލައިގަންނާނެއެވެ. އޭލެވެލް އިމްތިޙާން ހެދުމަށްފަހު ނަތީޖާއަށް އިންތިޒާރުކުރަމުންދާ ދަރިވަރުންނަށް ސްކޫލުގެ ލީވިން ސަރޓިފިކެޓާއި އެންމެފަހު ޓާމުގެ އިމްތިޙާނުގެ ނަތީޖާއާއި އެކު ހުށަހެޅުމުން ނަތީޖާއަށްބަލައި ދެވޭ ކޮންޑިޝަނަލް އޮފަރ އާއެކު ޖާގަ ކަށަވަރުވާނެ ކަމަށް ވެސް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.
ޤައުމީ ޔުނިވަރސިޓީން ހުޅުވާލި ކޯސްތަކުގެ ތެރޭގައި ހިމެނެނީ، ޓޫރިޒަމް، ހޮސްޕިޓާލިޓީ، ކަލިނަރީ އާޓްސް، ޖަރނަލިޒަމް، ޕޮލިޓިކަލް ސައިންސް، ދިވެހި ބަހާއި އަދަބިއްޔާތު، ޓީޗިންގ، ކޮމްޕިޔުޓަރ ސައިންސް، އާކިޓެކްޗަރ، އިންޓީރިއަރ ޑިޒައިން، އިންފޮރމޭޝަން ޓެކްނޮލޮޖީ، ސިވިލް އެންޖިނިއިރިންގ، ސައެންސް، އެންވަޔަރަންމަންޓަލް މެނެޖްމަންޓް، މެރިން ސައިންސް، ބިޒްނަސް، އެކައުންޓިންގ، އިކޮނޮމިކްސް، މާކެޓިންގ، ނަރސިންގ، ސައިކޮލޮޖީ އާއި ކައުންސެލިން، ޕްރައިމަރީ ހެލްތު ކެއަރ، ފާމަސީ، ހެލްތު ސާރވިސް މެނޭޖްމަންޓް،، މެރިޓައިމް ސްޓަޑީޒް، އިސްލާމިކް ސްޓަޑީޒް، ޝަރީއާ އެންޑް ލޯ އަދި ޑަކްޓަރީކަމެވެ.
އެކިއެކި ކޯސްތަކަށް ވަނުމަށް ބޭނުންވާ ފައުންޑޭޝަން ކޯސްތަކަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
advertisment
ހިޔާލު