ނަޞްރުގެ ދުވަހާ ގުޅިގެން ބޭއްވި މުބާރާތްތައް: އެންމެ ކާމިޔާބު ޓީމަކަށް ހދ. އޭއީސީ، އެންމެ މޮޅު ވާހަކަ ދެއްކުންތެރިކަކަށް ޔަސްފީ

ނަޞްރުގެ ދުވަހާ ގުޅުވައިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން، އެ ސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވި ވާހަކަ ދެއްކުމުގެ މުބާރާތުން އެއްވަނަ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުން ހޯދައިފިއެވެ. މި މުބާރާތުގެ އެންމެ މޮޅު ވާހަކަ ދެއްކުންތެރިއަކަށް ހޮވުނީ ހދ. އޭއީސީގެ ޙައްވާ ޔަސްފީ މުޙައްމަދެވެ.

ނަޞްރުގެ ދުވަހާ ގުޅިގެން ބޭއްވި ވާހަކަ ދެއްކުމުގެ މުބާރާތުން އެއްވަނަ ހޯދި ޔަސްފީއަށް ޓްރޮފީ ހަވާލުކުކޮށްދެއްވަނީ: ފޮޓޯ: ހދ. އޭއީސީ

މުބާރާތުން ދެވަނަ ހޯދީ ޖަލާލުއްދީން ސްކޫލުންނެވެ. ތިން ވަނަ ހޯދީ އަފީފުއްދީން ސްކޫލުންނެވެ.

ތިން އުމުރު ފުރައަކަށް ބަހާލައިގެން ގެންދިޔަ މި މުބާރާގެ ދަށު ސާނަވީން އެއްވަނަ ހދ. އޭއީސީގެ ދެ ދަރިވަރުންނަށް ލިބުނެއެވެ. އެއީ ނުޒުހާ މުޙައްމަދާއި އައިޝަތު ޒީކް ޒައިދެވެ. ދެވަނަ ހޯދީ ހދ. އޭއީސީގެ ދަރިވަރު މަޞީހް އަހުމަދު މުސްތަފާއެވެ. ތިންވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ އަހުމަދު އަބްދުﷲއެވެ.

ސާނަވީ ބައިން އެއް ވަނަ ހޯދީ ހދ. އޭއީސީގެ ޙައްވާ ޔަސްފީ މުޙައްމަދެވެ. ދެވަނަ ހޯދީ އަފީފުއްދީން ސްކޫލް މުޙައްމަދު ނާފިޒު އަބްދުއް ސައްތާރެވެ. ތިން ވަނަ ހޯދީ، ހދ އޭއީސީގެ އިބްރާހިމް މަލްސޫން މުޙައްމަދެވެ.

މަތީ ސާނަވީގައި ބައިވެރިވީ ޖަލާލުއްދީން އެކަންޏެވެ. އެއް ވަނަ އަށްނ ދިޔައީ ފާތިމަތު އަމްނާ ސައީދެވެ. ދެ ވަނަ އައިޝަތު ލުޔޫނާ އަލީއެވެ. ތިން ވަނަ ލިބުނީ އާމިނަތު އިމްނާ އަބޫބަކުރަށެވެ.

ވާހަކަ ދެއްކުމުގެ މުބާރާތުގެ އިތުރުން، ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ސުވާލު މުބާރާތުން އެއްވަނަ ހޯދީ އަފީފުއްދީން ސްކޫލުންނެވެ. ދެވަނަ ހދ. އޭއީސީން ހޯދިއިރު، ތިން ވަނަ ހޯދީ ޖަލާލުއްދީން ސްކޫލުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *