މާލެ އަތޮޅު ގުރައިދޫ ސްކޫލުގެ ލައިބްރަރީއަށް ހަފްތާއެއްގެ ތެރޭގައި 2،000 ފޮތް އެކި ފަރާތްތަކުން ހަދިޔާކޮށްފިއެވެ. އެ ސްކޫލްގެ ލައިބްރަރީއަށް ފޮތް ހަދިޔާކުރުމަށް ކުރިއަށް ގެންދިޔަ ހަފްތާއަށް ބޮޑު ތަރުޙީބެއް ލިބުނު ކަމަށް ގުރައިދޫ ސްކޫލުން ބުނެއެވެ. ފޮތްތައް ހަދިޔާކުރީ އެ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ސްކޫލްގެ މުވައްޒަފުންނެވެ. މީގެ އިތުރުން ހެޔޮ އެދޭ ފަރާތްތަކުން ވެސް ފަޮތް ހަދިޔާކުރިއެވެ.
ގުރައިދޫ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ސިރާޖު ވިދާޅުވީ، " ގިފްޓް އަ ބުކް- ގިފްޓް އަ ފިއުޗަރ" ގެ ނަމުގައި ހަފްތާއެއްގެ މުއްދަތަށް ގެންދިޔަ ޙަރަކާތުން ލިބުނު ފޮތްތަކާއެކު އެ ސްކޫލްގެ ލައިބްރަރީގައި މިހާރު ހުރި ފޮތްތަކުގެ އަދަދު އަށް ހާހަށް އަރާފައިވާ ކަމަށެވެ.

"މިއީ ލައިބްރަރީއަށް ލިބުނު ވަރަށް ބޮޑު މުއްސަނދިކަމެއް. ލިބުނު ހުރިހާ ފޮތެއް ވަކިން ޗެކްކޮށްފައި ކުދިންނާ ހިސާބަށް ދޫކޮށްލާނީ" ސިރާޖު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބޭނުން ކޮށްފައި ހުރި ފޮތް ވެސް ލައިބްރަރީއެއްގައި ބޭނުން ކުރެވޭ ހާލަތެއްގައި ހުރިނަމަ އެ ފަދަ ފޮތްތައް ބޭނުން ކުރައްވާނެ ކަމަށެވެ.
ގުރައިދޫ ސްކޫލްގައި 370 އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު