މަޖީދިއްޔާއަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި ބޭފުޅުންނަށް ޝަރަފުގެ ފިލާ

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުފުމާ ގުޅިގެން ރޭ ބޭއްވި ޚާއްޞަ ހަފްލާގައި، އެ ސްކޫލަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ޚިދުމަތުގެ ޝަރަފުގެ ފިލާ އަރުވައިފިއެވެ. މި ފިލާ އެބޭފުޅުންނާ ހަވާލުކޮށް ދެއްވީ ދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

މަޖީދިއްޔާ އަށް 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމުގެ ޝަރަފުގެ ފިލާ ލިބިވަޑައިގެންނެވީ ހަ ބޭފުޅަކަށެވެ. އެބޭފުޅުންނަކީ:

  • އަލްއުސްތާޛް މުޙައްމަދު ވަޙީދު ނަޖީބު
  • އިސްމާޢީލް ޢަލީ
  • އަލްއުސްތާޛާ މަރިޔަމް ޤާސިމް
  • އައްޝައިޚް ޢަބްދުﷲ ނަސީމް މުޙައްމަދު
  • މުޙައްމަދު ޢަބްދުﷲ ސަޢީދު
  • އިތުރުން ޝިރުމީނާ ޢަބްދުﷲ

މީގެ އިތުރުން، 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި 14 ބޭފުޅަކަށް ވެސް ޚިދުމަތު ފިލާ ވަނީ ހަވާލުކޮށް ދެއްވާފައެވެ. މިބޭފުޅުންނަށް ޚިދުމަތުގެ ޝަރަފު ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި މަޖީދިއްޔާއަށް އެހީތެރިކަން ފޯރުކޮށް ދިން ސާދަ ކުންފުންޏަކަށް ވެސް ހަނދާނީ ފިލާ ދީފައިވެއެވެ. އަދި އެކިގޮތްގޮތުން އެ ސްކޫލަށް އެހީތެރިވެދިން 10 ފަރާތަކަށް ވެސް މި ފިލާ ދީފައިވެއެވެ.
މަޖީދިއްޔާ ސްކޫލް އުފެއްދީ 1927 ވަނަ އަހަރު މަދަރުސަތުއް ސަނިއްޔާގެ ނަމުގައެވެ. މަޖީދިއްޔާ ސްކޫލުގެ ނަމަށް ބަދަލުކުރީ 1947ގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *